މަސައްކަތް
ނަންބަރު: 116-F3/IL/2022/275
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 29 އޮގަސްޓް 2022 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ޕެސެންޖަރ ޕްރޮފައިލިންގް" ސާރވޭތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

"ޕެސެންޖަރ ޕްރޮފައިލިންގް" ސާރވޭތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

   މި ކުންފުނިންދޭ މިންގަނޑުތަކާއި އެއްގޮތަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި "ޕެސެންޖަރ ޕްރޮފައިލިންގް" ސާރވޭތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

   މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮގަސްޓު 29 ވާ ހޯމަދުވަހުގެ ހެދުނު 10:30 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮއްދެއްވަން ވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

   މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aeroއަށެވެ.

 

18 އޮގަސްޓް 2022