މަސައްކަތް
ނަންބަރު: (IUL)450-CA/450/2022/37
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 28 އޮގަސްޓް 2022 11:00
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތު އެކުލަވާލުމަށް ކޮންސަލްޓަންޓަކު ހޯދުން

އިޢުލާން

ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތު އެކުލަވާލުމަށް ކޮންސަލްޓަންޓަކު ހޯދުމަށް މި އޮތޯރިޓީގެ ފަރާތުން 01 އޯގަސްޓު 2022 ވަނަ ދުވަހު ކުރި ނަންބަރު IUL)450-CA/450/2022/33) އާއި ގުޅިގެން މި މަސައްކަތް ކުރެއްވުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަގު މާ ބޮޑުކަމަށް މި އޮތޯރިޓީއަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ޚިދުމަތް ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތައް، މި އިޢުލާނާއި އެއްކޮށް ޝާޢިއުކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، 28 އޯގަސްޓު 2022 ވަނަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ހާޒިރުވެވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ކުރިން ކުރިމަތިލައްވާފައިވާ ފަރާތަކުން އަލުން މި މަސައްކަތަށް ކުރިމަތިލައްވާނަމަ، ކުރިން ހުށަހެޅުއްވި އަންދާސީ ހިސާބު އަލުން ހުށަހަޅުއްވާކަން ދޭހަވާ ސިޓީއަކާއި، ކުރިން ހުށަހެޅުއްވި ލިޔުންތަކުގެ ތެރެއިން ބަދަލެއް އައިސްފައިވާ ލިޔުމެއްނަމަ އެލިޔުމަކާއި، އިތުރަށް ހިއްސާކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް ވާނަމަ އެ މަޢުލޫމާތު ހިމެނޭ ލިޔުންތައް އެކަނި ހުށަހެޅުއްވުމުން ފުދޭނެއެވެ.

18 އޮގަސްޓް 2022