ދިވެހިރާއްޖެ
| 
 މަޤާމު:  | 
 މާރކެޓިންގ ޑިރެކްޓަރ  | 
| 
 ބޭނުންވާ އަދަދު:  | 
 1  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ.  | 
| 
 ކްލެސިފިކޭޝަން  | 
 EX3  | 
| 
 ފެންވަރު ނުވަތަ ޝަރުޠު:  | 
 މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް އޮތުމާއި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން އަންޑަރ ގްރެޖްއޭޓް ޑިގްރީއެއް އޮތުމާއެކު 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ މިޑްލް މެނޭޖްމަންޓުގެ މަޤާމެއްގައި 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛  | 
| 
 މައިގަނޑު މަސްއޫލިއްޔަތު:  | 
 މާރކެޓް ޓްރެންޑް މޮނީޓަރ ކުރުމާއި ދިރާސާކޮށް ރިޕޯޓު ހެދުން މާރކެޓިންގ ޕްލޭން އަދި ބަޖެޓް ތައްޔާރު ކުރުމާއި، މާރކެޓިންގް އެންޑް ސޭލްސް ޑިޕާރޓްމަންޓުގެ އެންމެހައި މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން.  | 
| 
 މަސައްކަތް ކުރަންޖެހޭ ޑިޕާރޓްމަންޓް  | 
 މާރކެޓިންގް އެންޑް ސޭލްސް.  | 
| 
 މުސާރަ އާއި އެލަވަންސް  | 
 މަހަކު -/21300 ރުފިޔާ.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 
 
 
 
 ނޯޓް:  | 
 - ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އެޓެސްޓު ކޮށްފައިވާ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ. މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކެވެ. ހުށަހަޅުއްވަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ސިޓީ ބަލައި ނުގަނޭވޭނެ ވާހަކަ ދަންނަވަމެވެ.  | 
| 
 ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:  | 
 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ  | 
19 ޛުލްޙިއްޖާ 1435