މަސައްކަތް
ނަންބަރު: (IUL)239-PPRM/239/2022/25
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 31 އޮގަސްޓް 2022 00:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާކުރުމާއިބެހޭ

އިޢުލާން

 

ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާކުރުމާއިބެހޭ

 

           ކޮޅުމަޑުލުގެ ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާކުރާނެ ފާރަތެއް ހޯދުމަށްޓަކައި ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ  ދެންނެވީމެވެ. މިގޮތުން ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ ރަގަޅު 3 ލޯގޯ އަކަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.   

          ވީމާ، މިކައުންސިލގެ ލޯގޯ ފަރުމާކުރުމަށް ޝައުޤުވެރިވާ ސްކޫލްތަކުން، އެސްކޫލްގެ ދަރިވަރުން މެދުވެރިކޮށް ލޯގޯ ފަރުމާކޮށް އޭގެ އަސްލު 31 އޯގަސްޓް 2022 ދުވަހުގެ ނިޔަލަށް މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހީރަސްކުރެވިފައިވާނެއެވެ.

          އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުން ފުޅުވާނަމަ، 7846025/ 6780711 ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

                20 މުޙައްރަމް 1444

                18 އޯގަސްޓް 2022

 

 

 

                                                                      އިބްރާހީމް ނަސީމް

                                                                     ސެކްރެޓަރީ ޖެނެރަލް

18 އޮގަސްޓް 2022