މަސައްކަތް
ނަންބަރު: MNU-CA-PAMD/2022/055
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 17:36
ސުންގަޑި: 25 އޮގަސްޓް 2022 11:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ޕްރެކްޓިކަލް ޓްރެއިނިންގތަކުގައި ބޭނުންކުރާ ފަޔަރ އެކްސްޓިންގްއިޝް ފުޅިތަށް 1 އަހަރުދުވަހަށް ރިފީލްކޮށްދޭނެ ފަރާތެއް ހޯދުން

  1. ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ޕްރެކްޓިކަލް ޓްރެއިނިންގތަކުގައި ބޭނުންކުރާ ފަޔަރ އެކްސްޓިންގްއިޝް ފުޅިތަށް 1 އަހަރުދުވަހަށް ރިފީލްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިގޮތުން، ޕްރެކްޓިކަލް ޓްރައިނިންގ ތަކުގައި ބޭނުންކުރާ ފަޔަރ އެކްސްޓިންގުއިޝް ފުޅިތަށް ރިފީލް ކުރުމަށް އެދުމުން، މިފުޅިތައް ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް، ވިލިމާލެއިން ގެންދިއުމާއި، ރިފީލް ކުރުމަށްފަހު އަނބުރާ ސެންޓަރަށް ގެނައުން މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. ބީލަން ހުށަހެޅުން އޮންނާނީ 25 އޯގަސްޓް 2022 ވަނަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  5. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

ބީލަމާ ގުޅޭ މައުލޫމާތު:

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345109، 3345111 ، 3345148

އީ-މެއިލް: [email protected]

 

17 އޮގަސްޓް 2022