ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-HRS/221/2022/81
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 24 އޮގަސްޓް 2022 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި އޮތޯރިޓީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަޤާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

 މަޤާމުގެ ރޭންކް:

 ޖީ.އެސް 1

 މަޤާމުގެ ބާވަތް:

 ދާއިމީ

 ވަޒިފާއަދާ ކުރަންޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސަސް ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ މާލެ

 އަސާސީ މުސާރަ:

 3,565.00ރ

 ސަރވިސް އެލަވަންސް:

 1,500.00 ރ

 އެހެނިހެން އެލަވަންސް:

 އެކްސްކްލޫސިވް ޖޮބް އެލަވަންސް:

 އަސާސީ މުސާރައިގެ 35% (ތިރީސް ފަހެއް) އިންސައްތަ

 ލިވިންގ އެލަވަންސް:

 3,000.00ރ (ޕްރޮބޭޝަނަށްފަހު)

 ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 މަޤާމުގެ އަސާސީ ޝަރުތު:

 ސާނަވީ އިމްތިހާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، ސާނަވީ އިމްތިހާނުގެ "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.

 

 އެހެނިހެން މަޢުލޫމާތު:

 މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:

  • މެނޭޖްމަންޓް
  • އެޑްމިނިސްޓްރޭޝަން

 ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

  • ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ.
  • މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 4 ގެ ސަނަދެވެ. އަދި ލެވެލް 5 ން ފެށިގެން މަތީ ސަނަދުތައް މި މަޤާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.
  • މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ. 
  • މަޤާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަޤާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަޤާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަޤާމުގެ މަސައްކަތާއި ގުޅޭ މޮޑިއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަޤާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހަށް ދުވަހުން ދުވަހަށް އަންނަ ލިޔެކިޔުންތައް އެންޓްރީކޮށް ބެލެހެއްޓުމަށް އެހީތެރިވުމާއި، ކޮމަން ފޯނަށް އަންނަ ފޯންތަކަށް ޖަވާބުދިނުމާއި، އޮފީހަށް އެކި ކަންކަމުގައި އަންނަ މީހުން ކަމާބެހޭ ބޭފުޅުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި އެހީތެރިވުން.
  2. އޮތޯރިޓީގެ ކޮމަން މެއިލް ([email protected]) އަށް އަންނަ އީމެއިލްތައް އެތަކެތި ދާންޖެހޭ ފަރާތްތަކަށް ފޯވާޑުކުރުން.
  3. އޮފީހުން އެކި ސެކްޝަނަށް ހަވާލުކުރެވޭ ލިޔެކިޔުމާއި ތަކެތި ސެކްޝަންތަކަށް ހަވާލުކުރުން.
  4. އޮތޯރިޓީއަށް ހޯދާ މުދާ ސްޓޮކަށް ވެއްދުމާއި ސްޓޮކުން ތަކެތި ދޫކުރުމާއި މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ސްޓޮކް ބެލެހެއްޓުން.
  5. އޮތޯރިޓީގެ މާސްޓަރ ފައިލް، ފްލޯޓް ފައިލް އަދި ރައްކާކުރަން ޖެހޭ ރެކޯޑުތައް ބެލެހެއްޓުމުގައި އެހީތެރިވުން.
  6. އޮތޯރިޓީގެ ޔައުމިއްޔާއާއި އަހަރީ ރިޕޯޓް ލިޔެ ބެލެހެއްޓުން.
  7. އޮތޯރިޓީއަށް ހޯދޭ ހަރުމުދަލުގެ ރަޖިސްޓަރީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް އެކުލަވާލައި ބެލެހެއްޓުމުގައި އެހީތެރިވުން.
  8. އެޑްމިނިސްޓްރޭޝަން އެންޑް ސަރޕޯޓް ސާރވިސަސް ސެކްޝަންގެ އެންމެހައި މަސައްކަތުގައި އެހީތެރިވެދިނުން.
  9. ކަނޑައެޅޭ ތާވަލާއި އެއްގޮތައް އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި އެ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓްގެ  ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

ނޯޓް:

  • ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ގަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
  • ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަގާމުގެ ނަން، މަގާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މައުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

 

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

މަގާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ހާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

  • ތަޢުލީމާއި ތަމްރީން: %40
  • މަސައްކަތު ތަޖުރިބާ: % 12
  • ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48
  • މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ގާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 24 އޯގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި،ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތަކާއި، މައުލޫމާތު ސައްހަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.
 
 
 
 
17 އޮގަސްޓް 2022