ދިވެހިރާއްޖެ
މިރަށުގެ އެކި ސަރަޚައްދުތަކުގައި ރައްޔިތުންގެ ރުއްތަކުގެ ގޮތުގައި ކަނޑައަޅާފައި ހުރި ރައްޔިތުންގެ ރުއްގަނޑުތައް 03 އަހަރު ދުވަހަށް ކުއްޔަށްދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. ކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވާ ރުއްގަނޑުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ރުއްގަނޑު ނަންބަރު |
ރުއްތައް ހުރިތަން |
ރުއްގަނޑުގައި ހުރިރުކުގެ ޢަދަދު |
އަހަރަކަށް ކުއްޔަށް ހުށަހެޅޭނެ އެންމެދަށް އަގު |
BC/R-01 |
ބަނދަރު ސަރަހައްދު (ކޮލެތެރެމަގު އުތުރުކަނުން ފެށިގެން ސްކޫލުގެ ހުޅަނގުކަނާ ހިސާބު) |
31 ރުއް |
3100.00ރ |
BC/R-02 |
ސްކޫލުގެ އުތުރުކަނުން ހުޅަނގަށް މަސްފެންގަނޑު ހިމެނޭ ސަރަޚައްދު |
22 ރުއް |
2200.00ރ |
BC/R-03 |
ބަނދަރު ދެކުނު ފަރާތު އަރިމަތީގައި |
16 ރުއް |
800.00ރ |
BC/R-04 |
އިޖުތިމާޢީ މަރުކަޒު އެޅުމަށް ކަނޑައަޅާފައިވާ ބިމުގައި |
17 ރުއް |
1700.00ރ |
BC/R-05 |
ބަނޑިދޫ ބޭސްފިހާރަ ބިމުގައި |
03 ރުއް |
300.00ރ |
BC/R-06 |
ކުޅިވަރުކުޅޭ ސަރަޚައްދުގައި ހުރި |
03 ރުއް |
300.00ރ |
މިކަމަށް އެދި ހުށައަޅާ ސިޓީގައި ރުއްގަނޑުގެ ނަންބަރާއި، އެރުއްގަނޑަކަށް އަހަރަކަށް ހުށައަޅާ އަގު ތަފްސީލުކޮށް އެނގެން އޮންނަންވާނެއެވެ. އަދި މިނޫންގޮތަށް ހުށައަޅާފައިވާ ސިޓީތައް ބާތިލްވާނެކަމުގައި ދަންނަވަމެވެ
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޮގަސްޓް 2022 ވަނަދުވަހުގެ ހެނދުނު 11:00 ގެ ކުރިން ކުއްޔަށް ހިފަންބޭނުންވާ ރުއްގަނޑާއި އަގު އެގޭނޭ ގޮތަށް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށަހަޅާ ސިޓީތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި މަތީގައި ދެންނެވިފައިވާ ތާރީޚާއި ގަޑީގައެވެ.
ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ.