ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2022/82
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 24 އޮގަސްޓް 2022 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫދު ކަސްރަތު ޕްރޮގްރާމް

އިޢުލާން

ނަމްބަރު:  257/257/2022/82(IUL)

މޫދު ކަސްރަތު ޕްރޮގްރާމް

           ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން، ބާރަށު ކައުންސިލާއި، އެމް އެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ގުޅިގެން ރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން ދެ ޖިންސްގެ ހުރިހާ އުމުރުފުރައަކަށް އަމާޒުކޮއްގެން ބާރަށުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 28 އޮގަސްޓް 2022 އިން ފެށިގެން 22 ދުވަހުގެ މުއްދަތަށެވެ.

             ވީމާ، ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 24 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހު 14:00އަށް  މިކައުންސިލް އިދާރާއިންނެވެ. އެގޮތުން ރަޖިސްޓްރީވުމަށް ބޭނުންވާ ފޯރމް މިއިދާރާއިންނާއި، މިއިދާރާގެ ވެބްސައިޓް baarah.gov.mv އިން ލިބެން ހުންނާނެއެވެ.

          ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.      

           19 މުޙައްރަމް 1443

            17 އޮގަސްޓް 2022

17 އޮގަސްޓް 2022