ދިވެހިރާއްޖެ
ނަންބަރު: Q3C-A/2022/4
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މިކޯޓު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރުމަށް ކުރެވުނު މިކޯޓުގެ ނަންބަރު Q3C-A/2022/3 (21.06.2022) އިއުލާނާއި ގުޅިގެން އެސްޓިމޭޓް ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ މުއްދަތަކީ މިމަސައްކަތް ކުރުމަށް އެކަށޭނެ މުއްދަތެއްކަމަށް ނުފެންނާތީ އެއިއުލާން ބާތިލްކޮށް، ތިންވަނަ ފަހަރަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފާރާތްތަކުން ތިރީގައިމިވާ ތާރީޚްގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން ބީލަން ރަޖިސްޓްރީ ކުރެއްވުމަށް 17އޮގަސްޓް 2022 އިން ފެށިގެން 25އޮގަސްޓް 2022 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިކޯޓަށް ވަޑައިގެން ނުވަތަ މެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ބީލަން ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.
ބީލަން ރަޖިސްޓްރީކުރާ ފޯމް މިކޯޓުގެ ކައުންޓަރއިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިވާ ލިންކްއިން ޑައުންލޯޑް ކުރެވޭނެއެވެ.
https://gdh-nadallaa.courts.gov.mv/downloadables/rltiIzsrej.docxލިންކް:
- މި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 25 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ނުވަތަ މިކޯޓުގެ ކައުންޓަރަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 28އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިކޯޓުގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 31އޮގަސްޓް 2022 ވާ ބުދަދުވަހުގެ 10:00 ގައި މިކޯޓުގައެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، ބީލަން ހުށަހެޅުމަށް ބަދަލުގައި ޙާޟިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިޔުމެއް އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6840150 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މިކޯޓުގެ އީ-މެއިލް އެޑްރެސް[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
17 އޮގަސްޓް 2022