ދިވެހިރާއްޖެ
މިރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންކުރާ ބިންތަކުގެ ތެރެއިން މިރަށު ތަރިވިދާގެ،ވާރޭވިލާގެ އިރުމަތީން މިހާރު ބޭނުން ކުރަމުންދާ ކުނިކޮށީގެ ( ފަނާނުވާ ޒާތުގެ ކުނި ބެހެއްޓުމަށް ކަނޑައެޅިފަވާ ބައިގެ ) އުތުރުން އޮތް ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށް ކުރެވުނު މިއިދާރައިގެ ނަންބަރ : IUL-317/2022/65 ( 20 ޖުލައި 2022 ) އިޢުލާނާއި، ނަންބަރު : IUL-317/2022/72 ( 11 އޮގަސްޓް 2022 ) އިޢުލާނާއި ގުޅިގެން އެދެވޭގޮތެއްގައި އެމަޢުލޫމާތު މަޢުލޫމާތު ލިބިފައި ނުވާ ރުއްގަސް އަދިވެސް އެސަރަހައްދުގައި ހުރުމުން 3 ވަނަ ފަހަރަށް އިޢުލާނުކޮށް ފުރުޞަތު ހުޅުވާލަމެވެ. މަޢުލޫމާތު ސާފުނުކުރެވި ހުރި ރުއްގަހުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
- ތަރުތީބު ނަންބަރު 1،4،5،6،7،9،10،11،12،13،14،17،18،19،20،21،23،25،26،28،30،33،34،36،37،38،39،41،42،43،46،48 ޖަހާފައިވާ ފޯދުނު 32 ރުއް
- ނަންބަރު 1 ން ނަންބަރު 15 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ ނުފޯދޭ 15 ރުއް
- ނަންބަރު 1 ޖަހާފައިވާ ފޯދުނު 1 ޖާފާނު ރުއް
- ނަންބަރު 1 ން ނަންބަރު 5 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 5 ގަސް ހިރުނދު
- ނަންބަރު 1 ން ނަންބަރު 8 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 8 ގަސް ދިއްގާ
- ނަންބަރު 1 ން ނަންބަރު 16 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 16 ގަސް ފޯދުނު މެދުކަށިކެޔޮ
- ނަންބަރު 2،3،4،5،6،7 ޖަހާފައިވާ 6 ގަސް ފޯދުނު މާކަށިކެޔޮ
- ނަންބަރު 1 ން ނަންބަރު 4 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 4 ގަސް މިދިލި
- ނަންބަރު 1 ޖަހާފައިވާ 1 ގަސް ހިތި
- ނަންބަރު 1 ން ނަންބަރު 5 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 5 ގަސް އުނި
ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 25 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރުއްގަހުގައި މިހާރު ޖަހާފައިވާ ތަރުތީބު ނަންބަރާއި އަދި އެރުއްގަހަށް ދެވިފައިވާ ރަޖިސްޓްރީ ނަންބަރ ( އާއިލާ ނަންބަރ ) އެނގޭގޮތަށް ލިއުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނުގެ މުއްދަތުހަމަވާއިރު މަޢުލޫމާތު ސާފުނުވެ އެސަރަހައްދުގައި ރުއްގަސްހުރިނަމަ އެތަކެތިވެސް ހިމެނޭގޮތަށް އެސަރަހައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ވާހަކަ ދަންނަވަމެވެ. މިގޮތުން ތިންފަހަރަށް އިޢުލާނުކުރެވި ރުއްގަހުގެ ތަފްސީލް ކައުންސިލަށްހުށަހަޅާފައި ނުވާތަކެއްޗަކީ ކައުންސިލުގެ ތަކެތިކަމުގައި ކަނޑައަޅައި އެތަކެތި އެއްވެސް ފަރާތަކަށް ބަދަލުދިނުމަކާ ނުލާ ކަނޑާލެވޭނެއެވެ. އަދި މިގޮތަށް ކަނޑާލެވޭ ރުއްގަހަށް ފަހުން ބަދަލު ހޯދުމަށް އެދިއްޖެނަމަ އެފަރާތަކަށް ބަދަލުދެވޭނީ ޝަރުޢީކޯޓަށް ހުށަހަޅައި ކޯޓުން އެމައްސަލައެއް ނިންމާގޮތެއްގެ މަތީންކަމުގައި ދެންނެވީމެވެ.
މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.