ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)396-A/2022/64
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 23:23
ސުންގަޑި: 01 ސެޕްޓެންބަރު 2022 13:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ދަނބިދޫގެ މަސްމާރުކޭޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

            ލ.ދަނބިދޫ މަސްމާރުކޭޓް، ދަނބިދޫ ކައުންސިލްގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 އޮގަސްޓް 2022 ބުދަ ދުވަހުގެ 13:00 ގެ ކުރިން ބިޑު ރަޖިސްޓްރީ ސްލިޕް ފުރުއްވާ

މިކައުންސިލުގެ އީ މެއިލް ([email protected]) އަށް ފޮނުއްވުންއެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. އަދި ރަޖިސްޓްރޭޝަން ސްލިޕްއާ

އިއެކު ބީލަން ފޮތުގެ އަގު -/300 ރުފިޔާ މި ކައުންސިލްގެ އެކައުންޓްއަށް ޖަމާ ކުރުމުން، ރަޖިސްޓްރީވާ ފަރާތްތަކަށް  ބީލަންފޮތް މެއިލް ކުރެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން

އޮންނާނީ 24 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 13:00 މިއިދާރާގައެވެ. މި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.

އެކައުންޓް ނަން: 1447 REVENUE 1

އެކައުންޓް ނަންބަރު:7707-700475-001

ތަފްސީލު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

24 އޮގަސްޓް 2022 ބުދަ

13:00 ގައި

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

01 ސެޕްޓެމްބަރ 2022 ބުރާސްފަތި

13:00 ގައި

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

  

         މި މަސައްކަތުގެ ބިޑް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި -/10،000ރ (ދިހަ ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ

ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ބިޑުގައި ރަޖިސްޓްރީ ނުވާ

ފަރާތްތަކަށް ބިޑުގައި ބައިވެރިނުވެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ފުރިހަމަނުވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި

ދެންނެވީމެވެ.

 

ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ބަދަލުގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ކޮޕީއަކާއެކު

ފޮނުވުން އެދެމެވެ. ބިޑާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

(އިދާރީ ކަންކަމުގައި ގުޅުއްވާނީ 6800867 އަދި ޓެކްނިކަލް ކަންކަމުގަ ގުޅުއްވާނީ 6800872).

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                          

16 އޮގަސްޓް 2022