ދިވެހިރާއްޖެ
މި މިނިސްޓްރީގައި ބޭނުން ކުރަމުންދާ ބައެއް ވެހިކަލް ތަކަށް ބޭނުންވާ ޓަޔަރ އަދި ސްޕެއަރ ޕާރޓްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 21 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.
އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ނަމަ 24 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީމެއިލްކޮށްދެއްވުން އެދެމެވެ.
ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.