މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2022/84
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 20:33
ސުންގަޑި: 25 އޮގަސްޓް 2022 13:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ އިމާރާތުގެ ޕެސްޓް ކޮންޓްރޯލް ކުރުމާއި، އިމާރާތުން މީދާ ނައްތާލުން އަދި ކަތުރު ފަނި ނައްތާލުމުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މި މިނިސްޓްރީގެ އިމާރާތުގެ ޕެސްޓް ކޮންޓްރޯލް ކުރުމާއި، އިމާރާތުން މީދާ ނައްތާލުން އަދި ކަތުރު ފަނި ނައްތާލުމުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އަދި ސާރވޭކުރުން އޮންނާނީ 21 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހު ދުވަހުގެ މެންދުރު 13:00ގައި މިނިސްޓްރީ އޮފް ނޭޝަނަލްޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 އޮގަސްޓް 2022ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީމެއިލްކޮށްދެއްވުން އެދެމެވެ.

ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓް 2022ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

16 އޮގަސްޓް 2022