ދިވެހިރާއްޖެ
ރާއްޖޭގެ 6 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީ ކުރުން
ޤަވާއިދު ނަންބަރު: R-125/2022 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ޤަވާއިދު)ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން 6 ޞަރަހައްދުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީ ފައިނޭންސް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމަށް އާންމުކޮށް ދަޢުވަތު ހުޅުވާލަމެވެ.
ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ޤަވާއިދު2021/R-114 ގެ ދަށުން މިމިނިސްޓްރީން ކުރި ނަންބަރ: (IUL)471-PIDS2/1/2022/18(15 ފެބުރުވަރީ 2022) އިޢުލާނާއި ގުޅިގެން ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް، އަލުން ހުށަހެޅުމަކާއި ނުލައި،ޤަވާއިދު ނަންބަރު: R-125/2022 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ޤަވާއިދު)ގެ 11 ވަނަ މާއްދާގެ ދަށުން ކުރިއަށްގެންދެވޭނެއެވެ.
މި މޮޑެލްގެ ދަށުން އަންނަނިވި 6 ޑޮމެސްޓިކް އެއަރޕޯޓް ތަރައްގީކުރުން ހިމެނެއެވެ.
އެއަރޕޯޓް ހިމެނޭ ރަށް / ސަރަޙައްދު |
މަޝްރޫޢަށް ހޭދަވާނެކަމަށް އަންދާޒާކުރާ ޖުމްދަ އަދަދު |
އެއަރޕޯޓް ހިމެނޭ ރަށް / ސަރަޙައްދު |
މަޝްރޫޢަށް ހޭދަވާނެކަމަށް އަންދާޒާކުރާ ޖުމްދަ އަދަދު |
||
1. |
ހދ.މަކުނުދޫ |
23,300,000 $US |
4. |
ތ.ވިލުފުށި |
33,300,000 $US |
2. |
ށ.ބިލެތްފަހި |
23,600,000 $US |
5. |
ފ.މަގޫދޫ |
8,200,000 $US |
3. |
ބ.ތުޅާދޫ |
21,900,000 $US |
6. |
ރ.އަތޮޅު ދެކުނުބިތުގައި (ރަށް އަދި ކަނޑައެޅިފައިއެއް ނުވޭ) |
23,600,000 $US |
މި ދަޢުވަތުގެ ހުށަހަޅާ ހުށަހެޅުން ތަކުގައި އަންނަނިވި މައިގަނޑު ނުކުތާތަކަށް ސަމާލުކަން ދިނުން އެދެމެވެ.
1. ޝައުގުވެރިކަށް ފާޅުކުރުމުގައި، ފައިނޭންސްކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ 3 މިލިއަން އެމެރިކާ ޑޮލަރ (US$ 3,000,000) އެވެ.
2. މި އިޢުލާއާ އެކު އެއްކަތުދާސް ކުރެވޭ 'އެޕްލިކޭޝަން ފޯމް"ގެ ހުރިހައި ބައިތަކެއް ފުރިހަމަކުރަންވާނެއެވެ.
3. އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު،އެ މަޝްރޫޢެއްގެ މުޤާބިލުގައި،ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނޭއެވެ.
4. ޝައުގުވެރިކަށް ފާޅުކޮށް ހުށަހަޅާ ހުށަހެޅުންތަކުގައި،ފައިނޭންސްކުރުމަށް ހުށަހަޅާ އެއަރޕޯޓަކީ ކޮބައިކަން ބަޔާންކުރަންވާނެއެވެ.
5. މި އިޢުލާނުގެ ދަށުން ހުށަހެޅުންތައް ހުށައެޅުމުގެ ފުރުޞަތު، އާންމުކޮށް އަންގާ އެންގުމަކުން ބަންދު ނުކުރާހާހިނދެއްގައި ދެމިއޮންނާނެއެވެ.
6. މި މޮޑެލްގެ ދަށުން، ޝަޢުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އީ މެއިލް މެދުވެރިކޮށް [email protected]އަށެވެ.
މި ދަޢުވަތުގެ ދަށުން ހުށަހަޅުއްވާ ހުށަހެޅުންތައް އެސެސްމެންޓް ހަދައި ކުރިއަށް ގެންދެވޭނީ ތިރީގައިވާ ގޮތަށެވެ.
(ހ) އެޕްލިކޭޝަމް ފޯމްގެކަމާގުޅޭ ބައިތައް ފުރިހަމަކޮށްފައިވުމާއެކު، ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތައް ހުށަހަޅާފައިވޭތޯ ބެލުން.
(ށ) ޕްރޫފް އޮފް ފައިނޭންސް ޞައްޚަކަން ކަށަވަރު ކުރުން.
(ނ) އެޕްލިކޭޝަމް ފޯމްގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކޮށް އަދި ޕްރޫފް އޮފް ފައިނޭންސް ކަށަވަރުކުރެވޭ ފަރާތްތަކުގެ ހުށަހެޅުންތައް ޤަވާއިދުގައި ވާގޮތަށް އެންޑޯޒްކުކުމަށް ހުށަހެޅުން.
(ރ) އެންޑޯޒްކުރެވޭ ހުށަހެޅުންތައް ފައިނޭންސިންގ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ޤަވާއިދު R-125/2022 ގެ ދަށުން ލާޒިމްވާ ލީސް އެގްރިމެންޓަށް ދިއުން.