މަސައްކަތް
ނަންބަރު: (IUL)289/289/2022/47
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 31 އޮގަސްޓް 2022 12:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ލަންދޫގައި ކުނި މެނޭޖްކުރާ ނިޒާމު ހަރދުދަނާ ކުރުމަށްޓަކައި، އެ މަސައްކަތަށް ބޭނުންވާ 1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 ނ.ލަންދޫގައި ކުނި މެނޭޖްކުރާ ނިޒާމު ހަރދުދަނާ ކުރުމަށްޓަކައި، އެ މަސައްކަތަށް ބޭނުންވާ 1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

 ވީމާ، މިއދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ޕިކަޕް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކައުންސިލުން ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މި އިޢުލާނާއި އެކު، ހިމެނިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއި އެކު، ޑައުންލޯޑް ކުރެވޭ ގޮތަށް އެޓޭޗްކޮށްފައިވާނެއެވެ. އަދި މިކައުންސިލާއި، ގުޅުއްވުމުންވެސް ބޭނުންވާ ފަރާތްތަކަށް އީ މެއިލްގެ ޒަރީޢާއިން ޑޮކިއުމަންޓް ފޯރުކޮށްދެވޭނެއެވެ.

 ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުގުވެރިވާ ފަރާތްތަކުން، މި ކައުންސިލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިކަމަށް ޙާއްޞަ ކުރެވިފައިވާ "ބީލަން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު" އަދި ރަޖިސްޓރޭޝަންފީ ދެއްކި ސްލިޕް އީމެއިލްގެ ޒަރީޢާއިން ނުވަތަ ލަންދޫ ކައުންސިލަށް ހުށަހެޅުމުން، ރަޖިސްޓްރީ ކުރުމުގެ މަރުޙަލާ ފުރިހަމަވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް -/100 ރުފިޔާގެ ނަންރިފަންޑަބަލް ފީއެއް ދައްކަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ، 16 އޯގަސްޓް 2022 ން ފެށިގެން 31 އޯގަސްޓް 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓާރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 ޕްރީ ބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއި އެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

 ބިޑް ސެކިއުރިޓީ

މި އިޢުލާނާއި ގުޅިގެން، ބިޑް ހުށަހަޅުއްވާ ފަރާތްތަކުން، ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 ބީލަން ވެލިޑީޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ، ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

 

ބީލަން ހުށަހަޅާނީ، 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ލަންދޫ ކައުންސިލްގެ އިދާރާއަށެވެ. ގަޑިޖެހުމަށްފަހު، ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ، 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި، މިކަމަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންވެރިން، ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި މި އިދާރާގެ މީޓިން ރޫމުގައެވެ.

 އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ތިރީގައިވާ އީ މެއިލް އަށް މެއިލް ކުރެއްވުން ނުވަތަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

އީމެއިލް: [email protected]

ފޯނު ނަމްބަރު: 6560007 , 6563757

 

ނޯޓް:

މަޢުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު ލަންދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސެސްގެ ކޮންމެ ވަގުތެއްގައިވެސް އެ ބިޑެއް ބާޠިލް ކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 އޮގަސްޓް 2022