ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2022/088
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 21 އޮގަސްޓް 2022 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކުޑަފަރީ ކައުންސިލް އިދާރާގެ ދަށުގައިވާ އިމާރާތްތައް ނަރުދަމާގެ ނިޒާމާއި ގުޅުމުގެ މަސައްކަތް

ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތައް ނަރުދަމާގެ ނިޒާމާއި ގުޅުމުގެ މަސައްކަތް

މި އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ ފާހާނާ ނިޒާމު މިރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމާއި ގުޅާލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދޭން އެދޭ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް މި އިދާރާއިން ޚާއްސަކޮށްފައިވާ ފޯމުން  2022 އޮގަސްޓް 21 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވައިލަމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް އިޢުލާނާއެކު އެއްހީރާސްކުރީމެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރާން ރަސްމީ ވަގުތުގައި ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.

 

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

18 މުހައްރަމް 1444ހ.

16 އޮގަސްޓް 2022މ.

16 އޮގަސްޓް 2022