ދިވެހިރާއްޖެ
މިއިދާރާގައި ލައުޑް ސްޕީކަރުން ގޮވުމަށް، ލައުޑް ސްޕީކަރު ހަރުކުރާނެ އެންޓަނާއެއް އަމިއްލަ ތަކެތީގައި މިއިދާރާއިން ދޭ ކުރެހުމާ މައުލޫމާތާއެއްގޮތަށް ހަދައިދީ، މިއިދާރާއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 23 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓާއި ކުރެހުންސެޓް އަދި އަގު ހުށަހަޅާފޯމް މިއިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. ބިޑު ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަށް ބޭނުންފުޅުވެވަޑައިގަންނަވާނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރ 6520042 ގުޅުއްވާ ނުވަތަ މިއިދާރާއަށް މެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.