މަސައްކަތް
ނަންބަރު: (IUL)265/265/2022/39
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 28 އޮގަސްޓް 2022 14:00
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯ ފަރުމާކުރުން

މި ކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، ލޯގޯ ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށް ލިޔެކިޔުންތައް ހުށަހެޅުން އެދެމެވެ.

ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ ކަންތައްތައް:

  • ހުށަހަޅާ ލޯގޯއަކީ މީގެ ކުރިން ބޭނުންކުރެވިފައި ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯއެއް ކަމުގައި ވެގެން ނުވާނެއެވެ.
  • ފަރުމާކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
  • ފަރުމާ ކުރެވޭ ލޯގޯ އަކީ ހދ. ކުރިނބީ ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން ކުރިނބީއަށް ޚާއްޞަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށްވާންވާނެއެވެ.
  • ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެންނުވާނެއެވެ.
  • ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ލެޓަރހެޑް، ބިޒްނަސް ކާޑް، ސްޓާފް ކާޑް، ދިދަ، ޔުނީފޯމް އަދި ވެބްސައިޓް ޕޭޖް ފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.
  • ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި ފަސޭހައިން ކަނޑާނެގޭ އަދި ރޮދިން ފަސޭހައިން އެމްބްރޮއިޑްކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
  • ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ 600dpi ނުވަތަ އެއަށްވުރެ މައްޗެވެ.
  • ލޯގޯ ހުށަހަޅާފަރާތުގެ އިތުރު ހުއްދައަކާއިނުލައި ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭންވާނެއެވެ.

ލޯގޯއާއިއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު:

  • ލޯގޯ ޑިޒައިންގެ ރޯ (RAW) ފައިލް ހުށަހަޅަންވާނެއެވެ. (ޑިޒައިން ފަރުމާކޮށްފައިވާ އެޕްލިކޭޝަންގެ ޑިފޯލްޓް ފޯމެޓް)
  • ލޯގޯ ގްރޭ-ސްކޭލް އަދި ކުލަކޮށް އޮންނަ ޕީ.ޑީ.އެފް ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ޑިޒައިންގެ ޕީ.ޑީ.އެފް (PDF) ފައިލު ފޯމެޓް (10MB)  އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.
  • ލޯގޯ PNG އަދި JPEG ފޯމެޓުގައި ހުށަހަޅަންވާނެއެވެ.
  • ލޯގޯ ފަރުމާގައި ބޭނުންކުރާ ކުލަތަކުގެ RGB ކުލަ ކޯޑު ބަޔާންކުރަންވާނެއެވެ.
  • ލޯގޯ ހުށަހެޅި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ފޯން ނަންބަރު ބަޔާންކޮށްދޭ ލިޔުން
  • ލޯގޯ ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑް ކޮޕީ
  • ލޯގޯއިން ރަމްޒުކުރާ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.
  • ބައިވެރިވާ ފަރާތްތަކަށް ލޯގޯގެ އެއް ޑިޒައިނަށް ވުރެ ގިނަ ޑިޒައިން ހުށައެޅިދާނެއެވެ.

ހުށަހަޅާ ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:

  • ލޯގޯ ޑިޒައިން ހެދިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ.
  • ހުށަހަޅާ ލޯގޯއަށް މާކްސް ދިނުމުގައި ޑިޒައިންގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަން)، މިރަށުގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެއެވެ.

އެއްވަނައަށް ހޮވޭ ޑިޒައިން:

  • އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން އެންގޭނެއެވެ.
  • އެއްވަނައަށް ހޮވޭ ލޯގޯ ހުށަހެޅުއްވި ފަރާތަކަށް ލިބޭ އިނާމަކީ -/3000  (ތިން ހާސް) ރުފިޔާއެވެ.

ލޯގޯ ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް:

  • މަތީގައި ބަޔާން ކުރެވިފައިވާ ފޯރމެޓްތަކާއި ލިޔެކިޔުންތައް 28 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރަންވާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 އޮގަސްޓް 2022