ވަޒީފާގެ ފުރުޞަތު
ނަންބަރު: 480/IUL/2022/55
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 22 އޮގަސްޓް 2022 15:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ބާ އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ޝާއިއުކުރާ ސުވާލު ތައްޔާރުކުރުމަށް އައިޓަމް ރައިޓަރުން ހޯދުން

   ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމްކުރާ ބާ އިމްތިޙާނަށް ކެންޑިޑޭޓުން ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ބާ ކައުންސިލުން ޝާއިއު ކުރުމަށް ބޭނުންވާ ސުވާލުތައް ތައްޔާރުކުރުމަށް އައިޓަމް ރައިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކަށް މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ. 

މަޤާމު / މަސައްކަތް

އައިޓަމް ރައިޓާރސް

ސުވާލުތައް ތައްޔާރުކުރުމަށް ބޭނުންވާ ދާއިރާތައް

  • ކޮންސްޓިޓިޔުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ
  • ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް
  • ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ
  • ޓޯޓް ލޯ
  • ލޭންޑް ލޯ އެންޑް ޕްރެކްޓިސް
  • މޯލްޑިވިއަން ލީގަލް ސިސްޓަމް

އަސާސީ ޝަރުތުތައް:

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން
  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކުކަމުގައިވުން
  • ޤާނޫނީ ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ އަދި
  • ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން

މަސްއޫލިއްޔަތުތައް:

ބާ ކައުންސިލުން ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ސުވާލުތައް ތައްޔާރުކުރުން

މުސާރަ އާއި އެލަވަންސް:

މިއީ މުސާރައެއް/އެލަވަންސެއް ކަނޑައެޅިފައިވާ މަޤާމެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

އައިޓަމް ރައިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ.

ގޫގްލް ފޯމް: https://forms.gle/p9VH2784ke1TzuNT6

ސުންގަޑި:

22 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ 15:00 ކުރިން

    މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

16 އޮގަސްޓް 2022