ދިވެހިރާއްޖެ
މި އޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.
ޢަދަދު |
އައިޓަމް |
195 |
އައިސްވޯރޕް އީމެއިލް ލައިސަންސް |
މި ދެންނެވުނު ތަކެތި ފޯރުކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ. ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2022 އޯގަސްޓް 21 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން[email protected] އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 2022 އޯގަސްޓް 24 ވާ ބުދަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.