ކުއްޔަށް ދިނުން
ނަންބަރު: (IUL)407/407/2022/38
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 23 އޮގަސްޓް 2022 10:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިނގިލީ އެސް ޓީ އޯ ފިހާރައިގެ ދެކުނަށް ހުރި އިމާރާތާއި، ބިން ކުއްޔަށް ދޫކުރުމާއިބެހޭ

               ވިލިނގިލީ އެސް ޓީ އޯ ފިހާރައިގެ ދެކުނަށް، ވިލިނގިލީ ކުދިމާގޭ ހުޅަނގަށް  އަތިރި މައްޗަށް ވާގޮތަށް ހުންނަ "ފިނިހިޔާ" (ކުރިން ތިއަރީ ޕްލާޒާ ހިންގި) އިމާރާތާއި، ބިން  10 އަހަރު ދުވަހުގެ މުއްދަތަށް ވިޔަފާރި ހިންގުމަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރ. 407/407/2022/4 (17 މޭ 2021) އިޢުލާނާއި، ގުޅިގެން ލިބުނު އެސްޓިމޭޓްތަކުގައި މައްސަލަތައް ހުރުމުގެ ސަބަބުން އެއިޢުލާއި، ގުޅިގެން ލިބިފައިވާ އެސްޓިމޭޓްތައް ބާޠިލްކޮށް މިދެންނެވި އިމާރާތާއި ބިން ކުއްޔަށް ދޫކުރުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

               ވީމާ، މިދެންނެވި އިމާރާތާއި، ބިމުގައި ވިޔަފާރި ހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2022 އޯގަސްޓް 23 ވާ އަންގާރަ ދުވަހު 10.00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރުމާއި، އިމާރާތާއި ބިން ބެއްލެވުމަށް ފަހު 2022 އޯގަސްޓް 30 ވާ އަންގާރަ ދުވަހުގެ 10.00 އަށް މި އިމާރާތާއި، ބިން ކުއްޔަށް ނެގުމަށް ބޭނުންވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، އެއްގޮތަކަށް ހަދާފައިހުންނަ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެއެވެ.

15 އޮގަސްޓް 2022