ކުއްޔަށް ދިނުން
ނަންބަރު: (IUL)269/269/2022/56
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 30 އޮގަސްޓް 2022 11:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރުހިޔާ ޢިމާރާތުގެ އިރުމަތީބައި ކުއްޔަށް ދޫކުރުން

އިޢުލާން

ދަތުރުހިޔާ ޢިމާރާތުގެ އިރުމަތީބައި ކުއްޔަށް ދޫކުރުން

     ހދ. ވައިކަރަދޫ ބަނދަރު ސަރަޙައްދުގައި މި ކައުންސިލުން ހަދާފައިވާ ދަތުރުހިޔާ ޢިމާރާތުގެ އިރުމަތީބައި ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

     ވީމާ، މި ތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރައްވާ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 30 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓަރީ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

  • ބީލަން ރަޖިސްޓްރީ ފޯމްގެ ލިންކު: https://forms.office.com/r/QTPJH1hxK4
  • އޮންލައިން ފޯމް ފުރާފަރާތްތަކުން، ފޯމް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6520046 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ.

 

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓްރީވުމުގެ ސުންގަޑި

30 އޮގަސްޓް 2022

11:00

މަޢުލޫމާތު ދިނުން

01 ސެޕްޓެމްބަރ 2022

13:00

ބީލަން ހުށަހެޅުން

13 ސެޕްޓެމްބަރ 2022

13:00

 

     ބީލަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމާއި ބީލަން ހުށަހެޅުން އޮންނާނީ ވައިކަރަދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވެ ވަޑައިނުގެންނެވި ކަމުގައި ވިޔަސް ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް ބީލަމެވެ. ބީލަން ހުށަހެޅުއްވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 2014/19 ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓް ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަން ދެވޭނެއެވެ.

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 އޮގަސްޓް 2022