ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2022/31
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:38
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުތައް ޒީނަތްތެރި ކުރުމަށް ވެލި ދޫކުރުމާއި ގުޅޭ
ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށްބޮޑަށް ވިއްސާރަވެ، ރަށުގެ މަގުތަކުގައިވަނީ ޗަކަހެދި ހަޑިވެފައެވެ. އެހެންކަމުން، ތިރީގައިވާ އުޞޫލާއި އެއްގޮތަށް މަގުތަކަށް ވެލިއެޅުމަށް ވެލި ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
- މަގުތަކަށް ވެލިއެޅުމަށް ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ، "މަގުމަތު ޒީނަތްތެރިކުރުމަށް ވެލި ހޯދުމަށްއެދި ހުށަހަޅާ ފޯމް" ހުށަހެޅުމުންނެވެ. މިފޯމް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
- ވެލި ދޫކުރާނީ ކައުންސިލުން ކަނޑައަޅާ ސަރަޙައްދަކުންނެވެ.
- ވެލި ދޫކުރާނީ ވެލި އެޅުމަށް އެދޭ ސަރަޙައްދުން ޗަކަ ނަގާ ސާފްކުރުމުންނެވެ.
- ވެލި އެޅުމަށް އެދޭ ސަރަޙައްދަށް ވެލި ދޫކުރާނީ، އެސަރަޙައްދަކަށް އެޅުމަށް އެކަށީގެންވާ މިންވަރެއް ބެލުމަށްފަހު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.
- ވެލި އެޅުމަށް ކަނޑައެޅޭ ސަރޙައްދަށް ވެލި އެޅުމަށްފަހު ވެލި ފަތުރާ، ގައު ނަގާ ސާފުކޮށް، ވެލި އެއްވަރުކޮށް ހެދުމާއި، މަގު ބޭނުންކުރާ ފަރާތްތަކަށް މަގު ބޭނުންކުރެވޭނެގޮތް ހެދުމަކީ ވެލި ހޯދުމަށް އެދޭ ފަރާތުގެ ޒިންމާއެކެވެ.
- ވެލިނެގުމުގެ މަސައްކަތުގައި، ވެލި ދޫކުރުމަށް ކަނޑައަޅާ ސަރަޙައްދު ހަޑިކޮށްގެން ނުވާނެއެވެ. އަދި ވެލިނެގުމަށް ބޭނުންކުރާ އެއްވެސް އާލާތެއް އެސަރަހައްދަށް އުކާލެވިގެން ނުވާއެވެ.
15 އޮގަސްޓް 2022