ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)441-CO/441/2014/25
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 23 އޮކްޓޫބަރު 2014 14:30
ފުވައްމުލަކު ހޯދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 

ވަޒީފާގެ ފުރުސަތު           

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ބޭނުންވާ އަދަދު:

2

 

ރޭންކް:

ޖީ.އެސް.4

 

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

 

މުސާރަ:

-/5020 ރުފިޔާ

 

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

 

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ތަޢުލީމާއި ތަޖުރިބާ:

  • - އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

 

 

 

 

 

 

  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއެއްގައި   2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކައުންސިލްއިދާރާ ހުޅުވައި ލެއްޕުމުގެ އިންތިޒާމު ހަމަޖެއްސުން.
  2. ސެކްޝަނުން ލިޔަންޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. ހާދިސާތަކާއި ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
  4. މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި ޗުއްޓީ ރިކޯޑް ބެލެހެއްޓުން.
  5. ކައުންސިލް އިދާރާގެ މުވައްޒަފުންގެ އެންމެހައި އިދާރީ ކަންތައްތައް ހިންގައި ބެލެހެއްޓުން
  6. މަސައްކަތާ ގުޅޭ ފޮތްތަކުގައި ގަނޑުލައި ބެލެހެއްޓުން.
  7. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  8. ކައުންސިލަށް ލިބޭ ސިޓީތައް ބަލައިގަތުމާއި، އެތަކެތި ހުޅުވައި އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީކުރުމާއި، އޮފީހުން ބޭރަށް ފޮނުވަންޖެހޭ ތަކެތި  ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  9. މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މި މަޤާމަށް   ކުރިމަތިލާން   އެދޭ   ފަރާތްތަކުން  ތިރީގައިވާ   ލިޔުންތަކާއެކު،

2014 އޮކްޓޫބަރު 23 ވާ ބުރާސްފަތި ދުވަހު 14:30ގެ ކުރިން ހޯދަޑު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ފުވައްމުލަކު ހޯދަޑު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ، ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. (އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް 

 

 

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 

 

ނޯޓް: - ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކަކީ އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑުޖަހާފައިވާ އަސްލުކަމުގައި ވާންވާނެއެވެ.

    - ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއވެ.

            މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6860024 ނަންބަރު ފޯނާއެވެ.

                     20 ޛުލްޙިއްޖާ 1435

14 އޮކްޓޫބަރު 2014