ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2022/49
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 01 ސެޕްޓެންބަރު 2022 11:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ އައުޓް ޑޯރ ވޮލީކޯޓް ހެދުމަށް ބޭނުންވާތަކެތި ހޯދުން.

މިކައުންސިލް އިން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓް ޑޯރ ވޮލީކޯޓްގެ މަސައްކަތް ކުރުމަށްބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މި ކައުންސިލަށް ސްޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު (IUL)376/376/2022/21 އާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފއިވާ ބިޑްތަކުގައިވާ އަގުތަކަކީ އެކަށީގެންވާވަރަށްވުރެ ބޮޑު އަގުތަކެއްކަމަށް މިއިދާރާއަށް ފާހަގަކުރެވިފައިވާތީ، އެއިޢުލާން ބާތިލްކޮށް މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ

  1. ވޮލީ ކޯޓް ޓަރފް އަދި ޓަރފްޖޮއިންޓްކުރުމަށް ބޭނުންވާ އެހެނިހެންތަކެތި
  2. ފައިން ސޭންޑް
  3. ރަބަރ ގްރެނުއެލްސް
  4. ލައިޓް ޕޯސްޓް އަދި ލައިޓް
  5. އައުޓް ޑޯރ ޕޯސްޓް އަދި ވޮލީ ނެޓް
  6. ސޭފްޓީ ޕެޑްސް (ރެފްރީސް ސްޓޭންޑް އަދި ވޮލީނެޓް ޕޯސްޓްގައި ހަރުކުރާ)
  7. އައުޓް ޑޯރ ޕްލޭޔަރސް ބެންޗް އަދި ރެފްރީ ސްޓޭންޑް

 

މަތީގައި ދެންނެވިފައިވާ ތަކެތީގެ އިތުރު ތަފްސީލް ޑްރޯވިންސް ތަކާއި މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ އެހެނިހެން ޑޮކިއުމަންޓްސްތަކުގައި ހިމެނިފައިވާނެއެވެ.

މި ތަކެތި ސަޕްލައިކޮށްދިނުމަށް އެދި ނުވަތަ ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.

މިތަކެތި ސްޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮގަސްޓް 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މި މުއްދަތުގައި ބިޑްގައި ރަޖިސްޓަރވުމަށްއެދި މި ކައުންސިލަށް  ހުށަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ.

ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި  1 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 11:00 ގައެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9650005/7992129 އަށް ގުޅައިގެން ނުވަތަ  [email protected]   އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުޅާން ކުރީމެވެ.  

15 އޮގަސްޓް 2022