ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-C/1/2022/16
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 08:09
ސުންގަޑި: 29 އޮގަސްޓް 2022 13:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ފަނޑިޔާރު ކަމުގެ ވަޒީފާގެ ފުރުޞަތު

  ފަނޑިޔާރު ކަމުގެ ވަޒީފާގެ ފުރުޞަތު

ނަންބަރު:(IUL)195-C/1/2022/16

ތާރީޚް: 15 އޮގަސްޓް 2022

މަޤާމު

ޤާޟީ

ކޯޓު

ސިވިލް ކޯޓް

ޤާޟީން ބޭނުންވާ އަދަދު

1

އަސާސީ މުސާރަ (މަހަކު)

30,000.00 ރުފިޔާ

ލިވިންގ އެލަވަންސް (މަހަކު)

15,000.00 ރުފިޔާ

ރިސްކް އެލަވަންސް (މަހަކު)

1،650.00 ރުފިޔާ

މެޑިކަލް އިންޝުއަރެންސް

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން  ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ފޯނު އެލަވަންސް

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

 

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

 

އަޚްލާޤާއި ސުލޫކު

 

  1.      މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
  2.      ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
  3.      ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
  4.     ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  5.      އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  6.      ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
  7.      އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.
  8.      ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން

ޢުމުރު

ޢުމުރުން (25 ފަންސަވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން

ތަޢުލީމް

އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން

ތަޖުރިބާ

ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާފޯމާއެކު

ހުށަހަޅަންޖެހޭ ތަކެތި

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.
  • ވަނަވަރު. 
  • ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓް  (ފަނޑިޔާރުކަމުގައި ތިބި ފަރާތްތަކުން ކުރިމަތިލާނަމަ ފަނޑިޔާރުކަން އަދާކުރާކަމުގެ ލިޔުން ހުށަހަޅަން ނުޖެހޭނެއެވެ.)
  • ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ.
  • ޤާނޫނީ ވަކީލެއްގެ ގޮތުގައި  ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ  ކޯޓުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
  • ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި  ކުރި މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުމެއް.
  • ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި އެ މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ ލޯ ފާމަކުން ދީފައިވާ ރަސްމީ ލިޔުމެއް.
  • ޤާނޫނީ ދާއިރާގެ އަންޑަގްރެޖުއޭޓް ނުވަތަ އެއަށްވުރެ މަތީ ކޯސްތަކުގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ، މަސައްކަތްކުރި މުއްދަތާއި މަސައްކަތް ކުރީ މަހަކު ކިތައް ގަޑިއިރުކަން އެގޭނެ ރަސްމީ ލިޔުންމެއް.
  • ސެމިނަރ، ވޯރކްޝޮޕް ތަކުގައި ޤާނޫނީ ދާއިރާއާ ގުޅުންހުރި ޕޭޕަރު ލިޔެ ހުށަހަޅާފައިވާނަމަ އެކަމާގުޅޭ ލިޔުމެއް.
  • ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ފަނޑިޔާރުކަމުގެ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ނެތްކަމުގެ އިޤްރާރު.
  • ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް.
  • ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުން.
  • ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް އިދާރާއަކާއިއެކު ވަކި މުއްދަތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއްވާނަމަ ބޮންޑުން ދޫކުރާނެ ކަމުގެ ލިޔުން.
  • ލޯ ފަރމެއްގެ ނުވަތަ ޤާނޫނީ މަސައްކަތެއް ކުރާ އެއްވެސް ވިޔަފާރިއެއް ކުރާނަމަ ނުވަތަ އެފަދަ ތަނެއްގެ ހިއްސާދާރަކަށް ވާނަމަ އެކަން އެނގޭނެ ލިޔުން.

ނޯޓް:

  • ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

ސުންގަޑި

29 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) ފޮނުވުމުން ފޯމް ބަލައިގަންނާނެއެވެ.

ގަވާއިދު

މި އިޢުލާންގައިވާ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ޤަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރުމަޢުލޫމާތު

 

 

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އިގްރާރު އަދި ކުށުގެ ރެކޯޑް ފޯމް www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

15 އޮގަސްޓް 2022