މުބާރާތް
ނަންބަރު: BAM/IUL/2022/016
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 19:03
ސުންގަޑި: 11 ސެޕްޓެންބަރު 2022 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
17 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް) ސައުތު ސައުތު ސެންޓްރަލް ޒޯން، ސެންޓްރަލް ޒޯން އަދި ނޯތް ނޯތް ސެންޓްރަލް) 2022

 

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރާއްވާހިންގާ 17 ވަނަ އިންޓަރ ސްކޫލް މުބާރާތުގެ ތާރީޚް އާއި ޒޯން ތައް ތިރީގައި އެވަނީ އެވެ.

  • ސައުތު - ސައުތު ސެންޓްރަލް ޒޯން (ސ. ހިތަދޫ): 05 ސެޕްޓެމްބަރ 2022 އިން 10 ސެޕްޓެމްބަރ 2022 އަށް.
  • ސެންޓްރަލް – މާލެ ޒޯން: 13 ސެޕްޓެމްބަރ 2022 އިން 18 ސެޕްޓެމްބަރ 2022 އަށް.
  • ނޯތް - ނޯތް ސެންޓްރަލް ޒޯން (ނ. ހޮޅުދޫ): 21 ސެޕްޓެމްބަރ 2022 އިން 26 ސެޕްޓެމްބަރ 2022 އަށް.

 

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު:

  • ސައުތު - ސައުތު ސެންޓްރަލް ޒޯން: 25 އޯގަސަޓް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.
  • ސެންޓްރަލް – މާލެ ޒޯން: 04 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން.
  • ނޯތް - ނޯތް ސެންޓްރަލް ޒޯން: 11 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން.

 

ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހާ ސްކޫލް/ މަދަރުސާތަކުން މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތު ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް  ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ހަވީރު 15:30 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

14 އޮގަސްޓް 2022