ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2022/036
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 17 އޮގަސްޓް 2022 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޖެނަރަލް ލޭބަރ

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާކެޓިންގ

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

ގްރޭޑް 8 ފުރިހަމަކޮށްފައިވުން

ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަސައްކަތުގެ ބާވަތް:

-          ސައިޓުގައި ބެހެއްޓިފަހުރި ޓޭންކުތަކުގެ ސައުންޑިންގ ނެގުން

-          ސައިޓު ތެރެ ސާފުކޮށް ބެލެހެއްޓުން

-          ތެޔޮ ލޯޑުކުރުން

މަހު މުސާރަ:

11،000ރ އާއި 12،000ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް ސ.ގަން ސައިޓް

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 17 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސްއިންކަން ދަންނަވަމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

14 އޮގަސްޓް 2022