ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-ADHR/320/2022/96
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 21 އޮގަސްޓް 2022 00:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ޓާރފް ދަނޑަށް މެއިންޓަނަސް އޮފިސަރއެއް ހޯދުން

އިޢުލާން

                     ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކުރާނެ މުވައްޒަފަކު މިއިދާރާއަށް ބޭނުންވެއްޖެއެވެ.

 

  • ·         މަޤާމް:                       ޓާރފް މެއިންޓަނަސް އޮފިސަރ
  • ·         ބޭނުންވާ ޢަދަދު:                 02 ( ދޭއް )
  • ·         މަޤާމްގެ ގިންތި:                 ވަގުތީ (04 މަސްދުވަސް)
  • ·         ވަޒީފާ އަދާކުރަންޖެހޭ ތަން:          މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ     
  • ·         މުސާރަ:                      މަހަކު -/6000 (ހަހާސް ރުފިޔާ)

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކަނޑައަޅާ ގަޑިތަކެއްގައި ޓާރފް ދަނޑު ހުޅުވާލެއްޕުން.
  2. ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ޓާރފް ދަނޑަށް ފެންޖެހުމާއ ބުރަޝްއެޅުން.
  3. ދަނޑުގެ ސަރަޙައްދުގައި ފަޅާ ވިނަތައް ނޮޅާ ސާފުކުރުން (މަދުވެގެން ހަފްތާއަކު 01 ފަހަރު)
  4. ދަނޑުގައި ބެހެއްޓިފައިވާ ޑަސްބިންތަކުގައި ހުންނަ ކުނިބުނި ދަނޑުން ނެރެ، އުލާކެވޭގޮތަށް ބެހެއްޓުން. (ކުނި އުކާލުމުގެ އިންތިޒާމް ހަމަޖައްސާނީ ރަށު ކައުންސިލްގެ ފަރާތުންނެވެ.
  5. ދަނޑުގެ ވަށައިގެންވާ ސަރަހައްދުގައި އިންދާފައިވާ ގަސްތަކަށް ފެންދީ ހައްދާ ބެލެހެއްޓުން.
  6. ކުޅުންތެރިން ދަނޑަށް ވަދެނިކުތުމުގައާއި، ޓާރފް ބޭނުން ކުރުމުގައި ދަނޑު ބޭނުން ކުރުމަށް ފާސް ކުރެވިފައިވާ އުޞޫލުތަކަށް ހުރިހާ ކުޅުންތެރިން އަމަލު ކުރަމުންގެންދޭތޯ ބެލުން. އަދި މިއުޞޫލާއި ޚިލާފަށް ކުޅުންތެރިއަކު ނުވަތަ ކުޅުންތެރިންތަކެއް އަމަލު ކުރަމުންގެންދާކަން ފާހަގަ ކުރެވިއްޖެނަމަ އެކަމެއް ހުއްޓުވައި އެކަން ރަށު ކައުންސިލަށް ވަގުތުން ރިޕޯރޓްކުރުން.
  7. ދަނޑުގައި މަސައްކަތް ކުރެވުނު ގޮތުގެ ރިޕޯރޓް އެދުވަހެއްގެ މަސައްކަތް ނިންމުމަށްފަހު، ޖެހިގެން އަންނަ ދުވަހު ކައުންސިލް އިދާރާއަށް ހުށަހެޅުން.
  8. މީގެ އިތުރުންވެސް ކައުންސިލް އިދާރާގެ ފަރާތުން އަންގާ ގޮތެއްގެމަތިން ޓާރފް ދަނޑާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަތުރުތައް:

  • ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހަކަށްވުން.
  • ލިޔަން ކިޔަން ދަންނަ މީހަކަށްވުން.
  • އެއްގަމުގައި ދުއްވާ 04 ފުރޮޅުލީ އިންޖީނު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން
  • މިފަދަ މަސައްކަތްތައް ކުރުމުގެ ޤާބިލްކަންހުރި އަދި ޞިއްޙަތު ސަލާމަތުންހުރި މީހަކަށްވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށްއެދި ހުށަހަޅާ ލިޔުން (ސިޓީ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ކޮޕީއެއް.  
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. ކުރިން މިފަދަ ވަޒީފާއަށް އަދާކޮށްފައިވާނަމަ އެވަޒީފާއެއް އަދާކޮށްފައިވާކަމުގެ ލިޔުން
  6. ލިބިފައިވާ އެއްގަމު ލައިސަންސްގެ ފޮޓޯކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 އޮގަސްޓް 21 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދި ހުށަހަޅާ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 28 އޮގަސްޓް 2022 އާއި 30 އޮގަސްޓް 2022 އާއި ދެމެދު ދުވަހެއްގައި މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާގައި ނުވަތަ އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާ ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށްއެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 05 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 05 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

%45 ( ސާޅީސް ފަސްއިންސައްތަ )

 

އިތުރު މައުލޫމާތު ހޯދުން:

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6608303 ނަންބަރު ފޯނާއެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ، [email protected] އަށެވެ.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

       16 މުޙައްރަމް 1444

       14 އޮގަސްޓް 2022

14 އޮގަސްޓް 2022