މަސައްކަތް
ނަންބަރު: AS-B/IU/2014/74
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 21 އޮކްޓޫބަރު 2014 11:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ އެފް ބްލޮކްގެ 3 ވަނަ އަދި 4 ވަނަ ފަންގިފިލާގެ ބޭރުފާރުގައިވާ ރެނދު (ކްރެކް) ބެއްދުމަށް 23 ސެޕްޓެންބަރު 2014 ގައި ކުރެވުނު ނަންބަރު AS-B/IU/2014/70 އިޢުލާނަށް އެއްވެސް ބޭފުޅަކު އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އެކަމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

14 އޮކްޓޫބަރު 2014