މަސައްކަތް
ނަންބަރު: IUL/E8C/2022/05
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 18 އޮގަސްޓް 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ:

މިކޯޓުގެ އިމާރާތުގެ އެތެރޭގައި ޖަހާފައިވާ ސީލިންގ ނަގާ އައު ސީލިންގއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު  ނަމްބަރު IUL/E8C/2022/04 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފާހަގަކުރެވޭތީ، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

 ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ކޯޓަށް ދުރުވެ، ނުވަތަ 6580424 އަށް ގުޅައިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. އަދި 18 އޮގަސްޓް 2022 ވާ ބުރާސްފަތި  ދުވަހުގެ 13:00 އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމަންޓް، ޕާޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ އެމީހަކީ ވެރިފަރާތުން ފޮނުވާ މީހެއްކަން އެނގޭފަދަ ލިޔުމަކާއި ހާޟިރުވާ ފަރާތުގެ އައިޑީކާޑް ނުވަތަ ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އަދި މިފަދަ ލިޔުމެއް ނެތި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެވެން ނެތްކަމަށާއި އަދި އަންދާސީ ހިސާބުވެސް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

އަދި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

14 އޮގަސްޓް 2022