ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-HRS-IUL/2022/65
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 23 އޮގަސްޓް 2022 23:59
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ޕަރފޯމަންސް މެނޭޖްމަންޓް އެގްޒެކެޓިވް

މަޤާމު:

ސީނިއަރ ޕަރފޯމަންސް މެނޭޖްމަންޓް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

CSC-J-364085

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CSC5-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން / ކ. މާލެ

މުސާރަ:

މަހަކު -/9890 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3461.50 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް

ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމެއް ގާއިމުކޮށް، މި ކަން ކުރިޔަށްގެންދާނެ އުޞޫލުތަކާއި އިޖުރާޢަތްތައް އެކުލަވާލައި، ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އެންމެހާ ކަންކަން ސިވިލް ސަރވިސްގެ އިދާރާތަކާ ގުޅިގެން ރާވައި ހިންގައި ބެލެހެއްޓުން.

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމެއް ގާއިމުކޮށް، މި ކަން ކުރިޔަށްގެންދާނެ އުޞޫލުތަކާއި އިޖުރާޢަތްތައް އެކުލަވާލައި، ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އެންމެހާ ކަންކަން ސިވިލް ސަރވިސްގެ އިދާރާތަކާ ގުޅިގެން ރާވައި ހިންގައި ބެލެހެއްޓުން.
  2. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާގުޅޭ އެންމެހައި މައުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.
  3. ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާ ގުޅިގެން އެއްވެސް ކަހަލަ ރިވޯޑެއް (މިސާލު: ބޯނަސް / ޕްރޮމޯޝަން / ހަނދާނީ ލިޔުން ދިނުން) ދިނުމަށް ކޮމިޝަނުން ނިންމައިފި ނަމަ، އެ ކަމާގުޅޭ ދިރާސާތައްކޮށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލައި، އެ ކަންތައް ރާވައި ހިންގައި ބެލެހެއްޓުން.
  4. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅުންހުރި އެންމެހައި ކަންތައްތައް ހިނގާދިޔަ ގޮތާގުޅޭގޮތުން ކޮންމެ އަހަރަކު ރިޕޯޓެއް އެކުލަވާލައި ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  5. ސިވިލް ސަރވިސްގައި އީ-ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، އެ ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، އެ ސިސްޓަމް ސިވިލް ސަރވިސްގެ އިދާރާތަކުގައި ތަންފީޒުކުރުމުގެ އެންމެހާ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  6. ދިވެހި ސިވިލް ސަރވިސްގައި މަސައްކަތަށްފަހި އަދި މަސައްކަތަށް ޝައުޤުވެރިވާ ފަދަ މާހައުލެއް ޤާއިމުކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް ކޮމިޝަނަށް ހުށަހަޅައި، ނިމޭ ގޮތެއްގެމަތިން އަމަލުކުރަމުން ގެންދިޔުމުގެ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  7. ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގެ އޯގަނައިޒޭޝަނަލް ޕަރފޯމަންސް އެސެސްކުރުމާގުޅޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  8. އޯގަނައިޒޭޝަނަލް ޕަރފޯމަންސް އެސެސްކުރުމަށް ބޭނުންވާ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލައި، ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ގެނައުމާއި، އެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  9. ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުން އެ އިދާރާތަކާ ހަވާލު ކުރެވިފައިވާ މެންޑޭޓާއި މަޤުޞަދުތައް ހާސިލްކުރަމުންގެންދާ މިންވަރު ބަލާ ވަޒަންކޮށް ދެނެގަތުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  10. ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިންގަނޑުތަކެއް ކަނޑައަޅާފައިވޭތޯ ބެލުމާއި، އެ މިންގަނޑުތަކާއި އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދޭތޯ ބެލުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  11. ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ރަނގަޅު އިދާރާތައް ފާހަގަކުރެވޭނެ ނިޒާމެއް ގާއިމުކޮށް ވަޒަންކުރުން އަދި މި ކަމަށް ހިތްވަރުދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން.
  12. ސިވިލް ސަރވިސްގެ މަސްއޫލު އިދާރާތަކުގައި ގާއިމުކުރެވިފައިވާ "ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީ" ތަކުގެ މަސައްކަތްތަކާއި ހިންގާނެ އުޞޫލުތައް އެކުލަވާލުމާއި، އެ ކޮމެޓީތަކާބެހޭ މަޢުލޫމާތު ބެލެހެއްޓުމާއި، ކޮމެޓީތައް ބާރުވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  13. އޯގަނައިޒޭޝަނަލް ޕަރފޯމަންސް މަތިކުރުމަށް އަދި ކުރިއެރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ދިރާސާތައް ހަދައި، އައު ކަންތައްތައް ތަޢާރަފުކުރުން އަދި އެ ކަންކަން ދިރުވައި ބެލެހެއްޓުން.
  14. އޯގަނައިޒޭޝަނަލް ޕަރފޯމަންސް ތަރައްޤީކޮށް ކުރިއެރުވުމަށް އިދާރާތަކަށް ބޭނުންވާ ފަންނީ ލަފަޔާއި ތަމްރީނުތައް ރާވައި، ސީއެސްޓީއައި އާ ގުޅިގެން ހިންގައި ބެލެހެއްޓުން.
  15. ސިވިލް ސަރވިސް ރިފޯމް މެނުއަލްގެ މިންގަނޑުތައް ސިވިލް ސަރވިސްގެ އިދާރާތަކުގައި ތަންފީޒުކުރުމާބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
  16. އެސައިންކުރެވޭ ކޭސްތައް އަދި ޓާސްކްތަކުގެ ޕްރޮގްރެސް ދުވަހުން ދުވަހަށް ވެޔޮ އަދި ސައްލާގައި ރެކޯޑުކުރަމުންގެންދިޔުން.
  17. ސެކްޝަން ހިންގުމުގެ މަސައްކަތް ޑިވިޝަން ހެޑްގެ ލަފާގެ މަތިން ރާވައި ހިންގުން.
  18. ސެކްޝަނުގެ މަސައްކަތް ރާވައި ހިންގުމަށް ބޭނުންވާ އެންމެހާ އުޞޫލްތައް، ސްޓޭންޑަރޑް އޮޕަރޭޝަން ޕްރޮސީޖަރސް (އެސް.އޯ.ޕީ) އަދި ގައިޑްލައިންތައް މަސައްކަތްކުރާ މުވައްޒަފުންނާ ގުޅިގެން ޑިވިޝަން ހެޑްގެ ލަފައާއި އިރުޝާދުގެ ދަށުން ތައްޔާރުކުރުމާއި މަދުވެގެން އަހަރަކު 1 ފަހަރު ރިވިއުކުރުން.
  19. އެނުއަލް ވަރކްޕްލޭން ތައްޔާރުކުރުން އަދި އެއާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، ހަރަކާތްތަކުގައި ޓައިމްލައިން ކަނޑައަޅާ އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށްގެންދިޔުން.
  20. އެނުއަލް ވަރކްޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ސެކްޝަނުގެ ބަޖެޓް ތައްޔާރުކޮށް، މަސައްކަތްތައް ކުރިޔަށްގެންދިޔުން.
  21. ސެކްޝަނުން ކުރިޔަށްގެންދާ މަސައްކަތްތައް މޮނިޓަރކޮށް، ރިވިއުކޮށް ބަދަލުގެންނަން ޖެހޭ ކަންކަން ފާހަގަކޮށް، އެ ބަދަލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށްގެންދިޔުން.
  22. ސެކްޝަނުން ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރަމުންދާ މިންވަރުގެ މައްޗަށް ކުއާރޓަރލީ ރިޕޯޓެއް އެކުލަވާލާ ސެކްރެޓަރީ ޖެނެރަލްއާ ޙިއްޞާކުރުން.
  23. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ސެކްޝަނުގެ މުވައްޒަފުންގެ ޕަރފޯމަންސް ޓާގެޓްތައް ކަނޑައެޅުން.
  24. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ސެކްޝަނުގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިސަލް ފުރިހަމަކުރުން.
  25. ސެކްޝަނަށް އަލަށް ވައްދާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު މަހުން މަހަށް ތައްޔާރުކޮށް ކޮންމެ މަހެއް ނިމުމުން ހިއުމަން ރިސޯސް ޔުނިޓާ ޙިއްޞާކުރުން.
  26. ސެކްޝަނުގެ އިސްވެރިޔާގެ ޙައިސިއްޔަތުން ބައިވެރިވާންޖެހޭ ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ޤަވާއިދުން ބައިވެރިވެ، ކުރުމަށް ކަނޑައަޅާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ކުރުން.
  27. ސެކްޝަނުގެ މުވައްޒަފުންގެ އަހަރީ ޗުއްޓީ އަދި "ޕްލޭންޑް" އާއިލީ ޒިންމާގެ ޗުއްޓީ، މުވައްޒަފު ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމާއެކު ލަސްނުކޮށް ވެރިފައިކުރުން.
  28. ސެކްޝަނުގެ މުވައްޒަފުންގެ ސަލާމް އަދި އާއިލީ ޒިންމާއާ ގުޅޭ ރެކޯޑް ދުވަހުން ދުވަހަށް ލޮޖްކުރުން.
  29. ސެކްޝަނުގެ މުވައްޒަފުންގެ އޯޓީ ރިކުއެސްޓްތައް ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ވެރިފައި ކުރުން.
  30. ސެކްޝަނުގެ މުވައްޒަފުންނަށް ދުވަހުން ދުވަހަށް އިރުޝާދު ދިނުމާއި، މުވައްޒަފަކަށް މަގު ދައްކަން ޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ލަސްނުކޮށް މަގު ދެއްކުން އަދި އިސްލާޙީ ފިޔަވަޅެއް އަޅަންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ލަސްނުކޮށް އިސްލާހީ ފިޔަވަޅު އެޅުން. މަގު ދެއްކުން އަދި އިސްލާހީ ފިޔަވަޅު އަޅައިފި ނަމަ ދުވަހުން ދުވަހަށް ހިއުމަން ރިސޯސްއަށް އެ ކަން އަންގައި ޑޮކިއުމަންޓް ފައިލްކުރުމަށް ފޮނުވުން.
  31. ޙަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން. އަދި ޚާއްސަ ޙާލަތްތަކާއި ގުޅިގެން ކޮމިޝަނުން އަދި ސެކްރެޓަރީ ޖެނެރަލް އަދި ޑިވިޜަންގެ ޑިރެކްޓަރ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ހިޔުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ނުވަތަ

ހިޔުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 2 އަހަރުދުވަހު  ހިޔުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 3 އަހަރުދުވަހު މަސައްކަތްކޮށް،   ހިޔުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވުން،

ނުވަތަ

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 6 އަހަރުދުވަހު މަސައްކަތްކޮށް،   ހިޔުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވުން،

ނުވަތަ،

CSC4-2 ގްރޭޑްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން އެންމެ ފަހުން މި ގްރޭޑްގައި ވަޒީފާއަދާކުރި 2 އަހަރު %85 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ހޯދާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ  ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޮގަސްޓު 2022 ވާ އަންގާރަ ދުވަހުގެ 23:59 ގެ ނިޔަލަށް،  ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 1 ސެޕްޓެމްބަރ 2022 އާ 11 ސެޕްޓެމްބަރ 2022 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307359/3307357 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

14 އޮގަސްޓް 2022