ދިވެހިރާއްޖެ
| 
 ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު  | 
 MBC-PRC/370/10/2014  | 
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު:
އައްޑޫ ސިޓީ ސ.ހިތަދޫގައި ހުންނަ މިކޯޕަރޭޝަންގެ މީޑިއާ ސެންޓަރުގެ ޢިމާރާތާއި އެޢިމާރާތް ހިމެނޭ ސަރަޙައްދު 1 (އެކެއް) އަހަރު ދުވަހަށް، ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު
- މީޑިއާ ސެންޓަރުގެ އިމާރާތާއި، އެއިމާރާތުގެ އެތެރޭގައިވާ ތަންތަނާއި ތަކެތި ފޮޅައި ސާފުކުރުން.
 - ދުވާލަކު އެއްފަހަރު މުޅި ގޯތިތެރެއާއި، މީޑިއާ ސެންޓަރާ އިންވެގެން އޮންނަ މަގުތައް ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
 - މީޑިއާ ސެންޓަރުގެ ގޯތިތެރޭގައިހުރި ބޮޑެތިގަސްތައް ބޯވެ ޢާންމުންނަށް އުނދަގޫނުވާވަރަށް ކޮށައި ބެލެހެއްޓުން.
 - މީޑިއާ ސެންޓަރުގެ އިމާރާތާއި ގޯތިތެރޭގައި އުފެދޭ ކުނި ނައްތާލުން.
 
މާކްސް ދެވޭނެ ގޮތުގެ ތަފުސީލު
ޖުމްލަ 100 މާކްސް
- އަގަށް 75 މާކްސް
 - ތަޖުރިބާއަށް 25 މާކްސް
 
އަންދާސީހިސާބު ހުށަހެޅުން
އަގުހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް، އައިޑީ ނަންބަރު، ގުޅޭނެ ފޯންނަންބަރު އޮންނަންވާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާނުގެ ނަންބަރު (އައްޑޫސިޓީ ހިތަދޫގައި ހުންނަ އެމްބީސީ ގެ މީޑިއާ ސެންޓަރ ސާފުކޮށް ބަލަހައްޓައިދޭނެ އަންދާސީހިސާބު މިހެންލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މަތީގައިވާ ކަންކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 2:00 އަށް އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މި އިޢުލާނުގައިވާ މަޢުލޫމާތު ފުރިހަމަކޮށް ހުށަހަޅުއްވަންވާނެއެވެ.
20 ޛުލްޙިއްޖާ 1435