ޢާންމު މަޢުލޫމާތު
ނަންބަރު: GS71-D/IUL/2022/07
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 17 އޮގަސްޓް 2022 00:00
މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ސްކޫލް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢްލާން

 

              ކުރިޔަށްއޮތް ދެއަހަރު ދުވަހަށް ސްކޫލްބޯޑް އިންތިޚާބު ކުރުމަށް ޓަކައި ސްކޫލްބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވައިފައިފީމެވެ. ސްކޫލްބޯޑަށް މެމްބަރުން ހޮވޭނީ ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ނެގޭ ސިއްރުވޯޓަކުންނެވެ.

 

ބޯޑަށް އިންތިހާބު ކުރެވޭ މެމްބަރުން

 

  • ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުން
  • ޓީޗަރުންގެ ތެރެއިން 1 މެމްބަރުން

 

ޝަރުޠު :  (ހ) ބެލެނިވެރިންގެ ޝަރުޠު:

     1- ސްކޫލްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔަކު ނުވަތަ ބަލަދުވެރިޔަކު ކަމުގައިވުން.

     2- ސްކޫލްބޯޑުގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނޭ ފަރާތެއްކަމުގައިވުން.

     3- ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިނުވުން. ނުވަތަ އެފަދަ ޙުކުމެއް ތަންފީޒުކޮށް           ނިމުނުތާ، ނުވަތަ އެފަދަ ޙުކުމެއް ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 5 އަހަރުވެފައިވާ މީހަކު ކަމުގައިވުން.

     4- ދިވެހިބަހުން ލިޔަންކިޔަން އެނގުން.

     5- ސްކޫލްގެ މުވައްޒަފަކަށް ނުވުން.

     6- ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން.

 

(ށ) ޓީޗަރުންގެ ޝަރުޠު:

     1- ޓީޗަރެއްކަމުގެ މަސްޢޫލިއްޔަތު ސްކޫލްގައި އަދާކުރަމުންދާ މީހެއްކަމުގައިވުން.

     2- ސްކޫލްބޯޑުގެ ކަންތައްތަކުގައި ޝައުގުވެރިކަމާއެކު އުޅެވޭނެ ފަރާތެއްކަމުގައިވުން.

 

 

ވީމާ، ސްކޫލްބޯޑުގެ މެމްބަރުކަމަށް ކުރިމަތިލާން  އެދޭފަރާތްތަކުން 17 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ސްކޫލްބޯޑުގެ މެމްބަރުކަމަށް އެދިކުރިމަތިލާ ފޯމްފުރުއްވުމަށްފަހު ފ. މަގޫދޫ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް، ރަސްމީގަޑީގައި މަގޫދޫ ސްކޫލުން ލިބެންހުންނާނޭ ކަމުގައި ދެންނެވީމެވެ. ސްކޫލް ބޯޑަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓު 2022 ވާ ބުރާސްފަތި ދުވަހުއެވެ.

 

14 އޮގަސްޓް 2022