ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRD/1/2022/89
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 21 އޮގަސްޓް 2022 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ހާބަރ އެސިސްޓެންޓް
ބޭނުންވާ އަދަދު :9

މުސާރަ

 މަހަކު -/5،600 ރުފިޔާ

އެހެނިހެން އިނާޔަތްތައް

 -/8،500ރ -/9،500ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

 އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ   އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު

 ޖީ.ސީ.އީ އޭ ލެވެލް ދެ މާއްދާއިން "ސީ" ފާސް ލިބިފައިވުން.

   ނުވަތަ

 ސެޓްފިކްޓް ލެވެލް 02 ހާޞިލްކޮށްފައިވުމާއި އެކު، މަސައްކަތާއި ގުޅުން ހުރި ދާއިރާ އަކުން   02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

- ބަނދަރުން ޖާގަބޭނުންވާ ފަރާތްތަކުގެ ކިއު ލިސްޓް ބެލެހެއްޓުން.

- ޑޮކިއުމެންޓްތައް ފުރިހަމަކޮށް ފައިސާ ދައްކާ ނިމުމުން، އުޅަނދު ފުރުމުގެ ހުއްދަދީ، ވީހާ   އަވަހަކަށް އުޅަނދު ފުރުވާލުން.

- ކިއު ތަރުތީބު ގައިވާ ގޮތަށް އުޅަނދު ތަކަށް ކީވޯލުން ޖާގަ ދޫކުރުން. އަދި އުޅަނދުގެ   ސަލާމަތީ  ކަންތައްތައް ހުރީ، ސަރުކާރުގެ ޤަވާއިދާއި އެއްގޮތަށްތޯ ބަލައި، އެކަން އެގޮތަށް   ނެތްނަމަ އެކަން ރަނގަޅު ކުރުމަށް އެންގުން. އަދި އުޅަނދުގެ ކެޕްޓަނަކީ އެފަދަ އުޅަނދެއް   ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއްތޯ ބެލުން.

 އުޅަނދަކަށް ކީވޯލުން ޖާގަ ދޫކުރާއިރު، އެ އުޅަނދެއްގައި ހުރި މުދާ، ނުވަތަ އެ އުޅަނދަކަށް   އަރުވަން ބޭނުންވާ މުދާ އަރުވައި އަދި ބޭލޭނެ އިންތިޒާމް ހަމަޖެހިފައި ވޭތޯ ބެލުން.

މަސައްކަތްކުރަންޖެހޭ ވަގުތު

 ޝިފްޓް އުސޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ލޯކަލް ބާތްސް

ސުންގަޑި

 2022 އޮގަސްޓް 21 ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

 ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

އިންޓަރވިއު މުއްދަތު

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 އޮގަސްޓް 25 އާއި 2022   ސެޕްޓެމްބަރ 25 ދެމެދުގައެވެ.

ހުށަހަޅަންޖެހޭ އޮފީސް

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

 ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.   އަދި  މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

 އެޕްލިކޭޝަން ފޯމް:  http://bit.ly/3HhxpzQ

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އެގޮތުން ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ފޯމް، އަދި [email protected] ފިޔަވައި އެމް.ޕީ.އެލް ގެ އެހެން އީމެއިލްތައް އަންނަ އެޕްލިކޭޝަން ފޯމްތައް ބާތިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

13 އޮގަސްޓް 2022