ދިވެހިރާއްޖެ
އިޢުލާން
ބިލްބޯޑް ހަރުކޮށްދޭނެ ފަރާތެއް ހޯދުން.
މި މިއަހަރުގެ ސެޕްޓެމްބަރ މަހު އޮންނަ ބޯހިމެނުމުގެ މަސައްކަތަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން މާލޭގެ އެކިސަރަހައްދުތަކުގައި ބިލްބޯޑް އަދި ބެނަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންނަރު: (IUL) 457-AIT/1/2022/29 (19 ޖުލައި 2022 ) އިއުލާންއާއި ގުޅިގެން ބިލްބޯޑް ހަރުކުރުމަށް ހުށަހަޅާފައިވަ އަގު ބޮޑުކަމަށް ފެންނާތީއާއި އަދި ހަރުކުރަންޖެހޭ އަދަދަށް ބަދަލުގެނެވިފައިވާތީވެ އެ ބީލަން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 އޯގަސްޓް 18 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގގެ 8 ވަނަ ފަންގެފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއިބެހޭ މައުލޫމާތު ކަރުދާސް މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2022 އޯގަސްޓް 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރީވިކަން ޔަގީން ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.