ދިވެހިރާއްޖެ
އިޢުލާން
ޕްރިންޓްކުރަން ބޭނުންވެއްޖެ
މިއަހަރުގެ ސެޕްޓެމްބަރު މަހު އޮން ބޯހިމެނުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މަސައްކަތްކޮށްދެއްވުމަށް ޝައުގެވެރިވެލައްވާ ފަރާތްތަކުން 2022 އޯގަސްޓް މަހުގެ 18 ވަނަ ދުވަހުގެ 10:00 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީލްމާން ބިލްޑިންގގެ 8 ވަނަ ފަންގެ ފިލާއަށް ވަޑައިގެން އަގު ހުށަހެޅެއްވުން އެދެމެވެ.
މި ބީލަމާއިބެހޭ މައުލޫމާތު ކަރުދާސް އަދި ކުރަންބޭނުންވާ މަސައްކަތުގެ ތަފްސީލް މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2022 އޯގަސްޓް މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރިވިކަން ޔަގީން ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.