ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- މަޖީދިއްޔާ ސްކޫލްގެ ކެންޓީން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 11 އޮގަސްޓް 2022 އިން 17 އޮގަސްޓް 2022 ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3- ލިންކް: https://forms.gle/L1k21KzBTtWkVS1E6
4- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 އޮގަސްޓް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 21 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:00 ގައި މަޖީދިއްޔާ ސްކޫލް މީޓީންގ ރޫމްގައެވެ.
6- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަޖީދިއްޔާ ސްކޫލް
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3322457.3324691
އީ-މެއިލް: [email protected]
11 އޮގަސްޓް 2022