ޢާންމު މަޢުލޫމާތު
ނަންބަރު: IUL-317/2022/72
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 16 އޮގަސްޓް 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންކުރާ ބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދުމަށް ދެވަނަފަހަރަށް އިޢުލާނު ކުރުން

ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންކުރާ ބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދުމަށް ދެވަނަފަހަރަށް އިޢުލާނު ކުރުން

 

                މިރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންކުރާ ބިންތަކުގެ ތެރެއިން މިރަށު ތަރިވިދާގެ،ވާރޭވިލާގެ އިރުމަތީން މިހާރު ބޭނުން ކުރަމުންދާ ކުނިކޮށީގެ ( ފަނާނުވާ ޒާތުގެ ކުނި ބެހެއްޓުމަށް ކަނޑައެޅިފަވާ ބައިގެ ) އުތުރުން އޮތް ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށް ކުރެވުނު މިއިދާރައިގެ ނަންބަރ : IUL-317/2022/65  ( 20 ޖުލައި 2022 ) އިޢުލާނާއި ގުޅިގެން މިހާތަނަށް މަޢުލޫމާތު ލިބިފައި ނުވާ ރުއްގަހުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

  • ތަރުތީބު ނަންބަރު 1،4،5،6،7،9،10،11،12،13،14،17،18،19،20،21،23،25،26،28،30،33،34،36،37،38،39،41،42،43،46،48 ޖަހާފައިވާ ފޯދުނު 32 ރުއް
  • ނަންބަރު 1 ން ނަންބަރު 15 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ ނުފޯދޭ 15 ރުއް
  • ނަންބަރު 1 ޖަހާފައިވާ ފޯދުނު 1 ޖާފާނު ރުއް
  • ނަންބަރު 1 ން ނަންބަރު 5 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 5 ގަސް ހިރުނދު
  • ނަންބަރު 1 ން ނަންބަރު 8 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 8 ގަސް ދިއްގާ
  • ނަންބަރު 1 ން ނަންބަރު 16 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 16 ގަސް ފޯދުނު މެދުކަށިކެޔޮ
  • ނަންބަރު 2،3،4،5،6،7 ޖަހާފައިވާ 6 ގަސް ފޯދުނު މާކަށިކެޔޮ
  • ނަންބަރު 1 ން ނަންބަރު 4 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 4 ގަސް މިދިލި
  • ނަންބަރު 1 ޖަހާފައިވާ 1 ގަސް ހިތި
  • ނަންބަރު 1 ން ނަންބަރު 5 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 5 ގަސް އުނި

                      ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 16 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރުއްގަހުގައި މިހާރު ޖަހާފައިވާ ތަރުތީބު ނަންބަރާއި އަދި އެރުއްގަހަށް ދެވިފައިވާ ރަޖިސްޓްރީ ނަންބަރ ( އާއިލާ ނަންބަރ ) އެނގޭގޮތަށް ލިއުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.މިމަސައްކަތަކީ މިހާރުފެށުމަށް ހަމަޖެހިފައިވާ މަސައްކަތަކަށްވެފައި ބަދަލު ދޭންޖެހޭ ފަރާތްތަށް ސާފުނުކުރެވި ދާ ކޮންމެދުވަހަކީ މަސައްކަތަށް އަންނާނެ ލަސްކަމަކަށްވާތީ މިއިޢުލާނުގެ މުއްދަތު ހަމަވާއިރު ބަދަލު ދޭންޖެހޭ ފަރާތްތަށް ސާފުނުވާ ރުއްގަހެއްވާނަމަ އެރުއްގަހެއް ކަނޑާލުމުގެ މަސައްކަތް ކުރިއަށް ގެންދަންޖެހިދާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިގޮތުން ބަދަލާނުލާ ކަނޑާލެވޭ ރުއްގަހަށް ފަހުން ބަދަލު ހޯދުމަށް އެދިއްޖެނަމަ އެފަރާތަކަށް ބަދަލުދެވޭނީ ޝަރުޢީކޯޓަށް ހުށަހަޅައި ކޯޓުން އެމައްސަލައެއް ނިންމާގޮތެއްގެ މަތީންކަމުގައި ދެންނެވީމެވެ.

                           މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 އޮގަސްޓް 2022