ދިވެހިރާއްޖެ
ތާރީޚް: 11 އޮގަސްޓް 2022
ނަންބަރު: IUL)486-HR/1/2022/36)
އިޢުލާނު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތިރީގައިވާ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. |
|
މަޤާމު: |
އިންވެސްޓިގޭޓަރ |
ކްލެސިފިކޭޝަން އަދި ގްރޭޑް |
އެގްޒެކެޓިވް އޮފިސަރ ގްރޭޑް 3 |
ރޭންކް |
އޯޓީޖޭ ޕީ11 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް |
ޓެކްނިކަލް ސަޕޯޓް ޑިޕާރޓްމަންޓް |
މުސާރަ: |
15,500/-ރ (ފަނަރަހާސް ފަސްސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
6500/- ރ (ހަހާސް ފަސްސަތޭކަ ރުފިޔާ) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ޤާނޫނު ނަންބަރު: 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގެ ދަށުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ އެންމެހާ މައްސަލާތައް ޑިރެކްޓަރާއި ސީނިއަރ އިންވެސްޓިގޭޓަރގެ އިރުޝާދު މަތިން ތަޙްޤީޤު ކުރުން. 2. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލާތަކާއި ގުޅޭގޮތުން ނަގަންޖެހޭ ބަޔާންތައް ނެގުމާއި މަޢުލޫމާތު ހޯދުމަށް ކުރަންޖެހޭ ޒިޔާރަތްތަކުގައި ބައިވެރިވުން 3. ހަވާލު ކުރެވޭ ތަޙްޤީޤުތައް ނިންމުމަށްފަހު ރިޕޯޓު އެކުކަވާލާ އޮމްބަޑްސްޕަރސަނުންނަށް ޑިރެކްޓަރގެ އިރުޝާދުގެ މަތިން ފޮނުވުން. 4. ތަޙްޤީޤު ކުރާ މައްސަލަތަކުގެ ރިޕޯޓާއި ތަޙުޤީޤާއި ގުޅޭ ލިޔެކިޔުންތަކުގެ ރެކޯޑް ރަގަޅަށް ބެލެހެއްޓުން. 5. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ކަމެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި ފަރާތްތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދެނެގަނެ ޖަވާބުދާރީ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. 6. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއްކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނަރަލް އަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން 7. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެއޮފީހުން ހިންގާ ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤުތަކާއި ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތަކާއި ޒިންމާއުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދީ ފަރުވާ ހޯދުމަށް ފޮނުވަން ޖެހޭފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން. 8. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު މަދަނީ ދަޢުވާ އުފުލަންޖެހޭ ފަރާތްތަކަށް ދަޢުވާ ކުރުމަށް ބަންޑާރަ ނައިބަށް ފޮނުވުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުން. 9. ތަޙުޤީޤަށްފަހު އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ނިގުޅައިގަތުމުގެ މައްސަލަތައް، ކުރިއަށް އޮތްތަނުގައި ނުހިނގާނޭކަން ކަށަވަރު ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި އެފަދަ ކަންކަމާ ގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމުގެ އެންމެހާ މައްސަކަތްތައް ކުރުން. 10. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
|
މަޤާމުގެ ޝަރުޠުތައް: |
ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މަސައްކަތާއި ގުޅޭ ދާއިރާ: އިންވެސްޓިގޭޝަން، ލީގަލް |
ރަސްމީ ގަޑި: |
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ސުންގަޑި: |
22 އޮގަސްޓް 2022 ގެ 14:00 |
އެހެނިހެން: |
އެޕްލިކޭޝަން ފޯމު އީމެއިލް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |
13 މުޙައްރަމް 1444