ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2014/88
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި: 26 އޮކްޓޫބަރު 2014 14:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

 

 

   މަޤާމު: އެސިސްޓެންޓް ޑިރެކްޓަރ

   ބޭނުންވާ އަދަދު: 1

   ރޭންކް: އެމް.އެސް 3

   ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

   މުސާރަ: -/7035 ރުފިޔާ

   ސަރވިސް އެލަވަންސް: -/2000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި: ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ފިކްސްޑް އެސެޓް މެނޭޖްމަންޓް ޔުނިޓް، އެޑްމިނިސްޓްރޭޓިވް ސަރވިސަސް ސެކްޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ  

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓްރީއާއި މިމިނިސްޓްރީގެ ތަންތަނަށް ހޯދޭ ހަރުމަދަލުގެ ރަޖިސްޓްރީ (އިންވެންޓްރީ) މާލިއްޔަތު ޤަވާޢިދުތަކާއެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް، ސެކްޝަނުގެ އިސްވެރިޔާގެ ލަފާގެމަތިން ރާވައި ހިންގުން.
  2. މިނިސްޓްރީއާއި ދާއިރާގެ ތަންތަނުގެ ހަރުމުދަލުގެ ތެރޭގައި ހިމެނޭ އިމާރާތްތަކުގެ ރަޖިސްޓްރީ ތައްޔާރުކޮށް، އަންނަބަދަލުތަކުގެ މަޢުލޫމާތު ހޯދައި ކޮންމެ މީލާދީ  އަހަރެއްގެ 31 ޑިސެންބަރުމަހުގެ ނިޔަލަށް ރަޖިސްޓްރީ ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ދައުލަތުގެ މުދާ ބެލެހެއްޓުމުގެ ބާބު 7 ގައިވާ ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީ އަޕްޑޭޓެޑް އިންވެންޓްރީ ރިޕޯޓް ޕްރިންޓްކޮށް، ކަމާގުޅޭ އިދާރާތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  4. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިކްސްޑް އެސެޓް އެސެޓްސްގެ ރިޕޯޓް 31 ޑިސެންބަރުގެ ނިޔަލަށް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތަތައް ޔުނިޓްގެ މުވައްޒަފުން ޒިންމާކުރުވައިގެން ނިންމުމަށް  މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.

ޝަރުޠު:                            

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 27 އޮކްޓޫބަރު 2014 އާއި 06 ނޮވެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mv ން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ. 

16 އޮކްޓޫބަރު 2014