ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-183-ADMIN/INDIV/2022/17
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި:
17 އޮގަސްޓް 2022 12:00
ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2023/2022 ވަނައަހަރުގެ ޕީ.ޓީ.އޭގެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު
މިހިނގާ 2022/2023 ވަނައަހަރުގެ ސްކޫލްގެ ޕީ.ޓީ.އޭ ހިންގާކޮމެޓީގެ މިދަންނަވާ މަޤާމަށް މެންބަރަކު ހޮވަން ބޭނުންވެއެވެ.
- ނައިބުރައީސް
- ހަޒާންދާރު
- ސެކްރަޓަރީ
މި މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ މިސްކޫލުގައި ތަޢުލީމް ޙާޞިލްކުރާ ދަރިވަރެއްގެ ބެލެނިވެރިއަކަށް ވާންވާނެއެވެ. ހިންގާ ކޮމެޓީގެ މަޤާމްތަކަށް އެކަކަށްވުރެ ގިނަފަ ފަރާތުން ކުރިމަތިލާފައިވާނަމަ މަޤާމަށް މެމްބަރަކު ހޮވާނީ ކުލާސް މަންދޫބުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ވީމާ، މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ.
11 އޮގަސްޓް 2022