ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2022/226
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި:
15 އޮގަސްޓް 2022 09:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަންކިޔުން
ފުވައްމުލަކު ދޫނޑިގަން އަވަށުގައި ސްޓޯރމް ވޯޓަރ ޕަންޕު ބެހެއްޓުމަށް ދޫނޑިގަން ބާންސްރީ އަދި ހަތާ ގޯތީގެ އުތުރުން އޮތް ބިމުގައި ހުރި ތިރީގައި މިދަންނަވާ ރުއްގަހުގެ ނީލަންކިޔުން 2022 އޮގަސްޓް 15 ވާ ހޯމަ ދުވަހުގެ 9:00 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ.
- ނަންބަރު 01 އަދި 02 ޖަހާފައިވާ ފޯދުނު 02 (ދޭއް) ދިވެހި ރުއް
- 13 ފަތްކެޔޮގަސް (ނުފޯދޭ)
- 02 ފަތްކެޔޮގަސް (ފޯދުނު)
- 1472 އަލަގަސް (ބޮޑު)
- 560 އަލަގަސް (މެދު)
- 250 އަލަގަސް (ކުޑަ)
ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، ރުއްގަސްތައް ނަގައި 03 ދުވަހުގެތެރޭގައި ތަން ސާފުކުރަން ވާނެއެވެ.
ވީމާ، މީނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.
11 އޮގަސްޓް 2022