ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-CMCR/468/2022/227
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 31 އޮގަސްޓް 2022 00:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުން ހިނގާ މީހުންނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ދަތިވާގޮތަށް ހުރި ރުއްގަހުގެ ފަންތަކާއި ގޮފިތަށް ކެނޑުމާއި ގުޅޭ

ފުވައްމުލަކު ސިޓީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގުތައް އަދި ގޯޅިމަގަށްވާގޮތަށް އިމުން ބޭރަށް މަގުމައްޗަށް ނިކުމެފައިވާ ރުއްގަހުގެ ފަނާއި ގޮފިތަކުގެ ސަބަބުން މަގުން ހިނގާފަރާތްތަކަށާއި، މަގުން ދުއްވާ އުޅަނދުތަކަށް ދަތިވެ، އުޅަނދުތަކަށް ގެއްލުންވަމުންދާކަމުގެ ޝަކުވާ އަންނަނީ މިކައުންސިލަށް ލިބެމުންނެވެ. އަދި މިގޮތަށް ހުންނަ ފަންތަކާއި ގޮފިތަކުގެ ސަބަބުން މަގުމަތީގައި ޖަހާފައިވާ މަގުބައްތިތަކުން އެންމެ އެކަށީގެންވާ ގޮތަށް އަލިނުވާކަން ވެސް ފާހަގަކުރެވެއެވެ.

ވީމާ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިންދާފައި ހުރި ރުއްގަސްތަކުން ގޯތިތަކުގެ އިމުން ބޭރުގައި 20 ފޫޓަށްވުރެ ތިރީގައި ހުރި ފަންތަކާއި ގޮފިތައް 31 އޮގަސްޓް 2022 ގެ ނިޔަލަށް ކޮށައި ސާފުކުރުމަށް ދަންނަވަމެވެ. މިމުއްދަތުގައި ކޮށައި ސާފުކޮށްފައިނުވާނަމަ، އިތުރު އެންގުމަކާއި ނުލައި މިކައުންސިލުން އެތަކެތި ކޮށައި ސާފުކުރާނެ ވާހަކަ ދަންނަވަމެވެ. މިގޮތަށް ހުރި ރުއްގަސްތަކުގެ ފަންތަކާއި ގޮފިތަށް ކަނޑައި ސާފުކުރުމުގެ ތެރޭގައި ރުއްގަސްތަކަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ވެސް ދެންނެވީމެވެ.

11 އޮގަސްޓް 2022