މަސައްކަތް
ނަންބަރު: GS04/Iu/2014/08
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 30 އޮކްޓޫބަރު 2014 14:00
ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މާލެއަށް ބިދޭސީ ޓީޗަރުން ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް

ތ. އަތޮޅު ސްކޫލުތަކުގައި ކިޔަވައިދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ބިދޭސީ ޓީޗަރުންނާއި އެބޭފުޅުންގެ އަނބިދަރީން މާލެއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ދަތުރު

ތާރީޚު

ބައިވެރިންގެ އަދަދު

ތ. އަތޮޅު / މާލެ

10 ނޮވެންބަރު 2014

( އަތޮޅުން ފުރަންޖެހޭ ތާރީޚު)

85

ވީމާ، މި ދަތުރު ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 4 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތ. އަތޮޅު ތަޢުލީމީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

މި ދަތުރަކީ ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ގޮވައިގެން ކުރާ ދަތުރަކަށްވާތީ، މި ދަތުރުގެ އަމާޒަކީ މިބޭފޫޅުންނަށް ޚިދުމަތް ދިނުމަށް ކަމަށްވެފައި، މިކަމަށް ފަރުވާތެރިކަން ބަހައްޓަވަންޖެހޭނެކަން ފާހަގަ ކުރެއްވުމާއި، އަދި ދަތުރުކުރާ އުޅަނދަކީ ސާފުތާހިރުކަމާއި ސަލާމަތީ ކަންތައްތައް ފުރިހަމަވެ، މިފަދަ ގިނަ އަދަދެއްގެ ބަޔަކަށް ރަނގަޅު ފެންވަރުގެ ޚިދުމަތް ދެވޭނެފަދަ އުޅަނދަކަށްވެސް ވާންޖެހޭނެއެވެ. މި ދަތުރު ފަށާނެ ރަށަކާއި، ޓީޗަރުން މަޑުކުރަންޖެހޭ ރަށްތައް މި މަރުކަޒާ ގުޅުއްވައިގެން ސާފުކުރެއްވުމަށް ދެންނެވީމެވެ. އެހެންކަމާއެކު، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިދަތުރުގެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6780015 / 6780593 / 9859713 ނަންބަރު ފޯނަށެވެ.

ޝުކުރިއްޔާ

12 އޮކްޓޫބަރު 2014