ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)315-CB/315/2022/83
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:12
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބާ ގުޅޭ
މި އިޢުލާންވަނީ 11 އޮގަސްޓް 2022 12:52 ގައި ބާތިލް ކުރެވިފައެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް" ތަމްސީލްކުރުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓްނެގުން 13 އޮގަސްޓް 2022 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށް ކައުންސިލް އިދާރާގެ މީޓިން ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ ފަރާތްތަކުގެ ލިސްޓް، އިންތިޚާބަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ލިސްޓް، އިންތިޚާބާއި ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލު އަދި އިންތިޚާބުގެ ގަވައިދު މި އިޢުލާނާއެކު އާންމުކުރީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 އޮގަސްޓް 2022