ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2022/224
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 07:56
ސުންގަޑި: 16 އޮގަސްޓް 2022 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުމާއި ގުޅޭ

ފުވައްމުލަކު ދަޑިމަގު އަވަށު ފެތިރޯނުމަގުގެ ހުޅަގު ފަރާތުން އޮތް ހުސްބިމުގައި، މަގަށް ދަތިވާގޮތަށް ހުރި ނަންބަރ 01 އަދި 02 ޖަހާފައިވާ ދެރުކުގެ ވެރި ފަރާތް ހޯދަން ބޭނުންވެއެވެ.

              ވީމާ މި ރުއްތަކުގެ ވެރިފަރާތެއް ވާނަމަ 2022 އޮގަސްޓް 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ރުއްތައް ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން(ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

09 އޮގަސްޓް 2022