ދިވެހިރާއްޖެ
ނަންބަރު: (PR)203-WST/1/2022/8
ނޫސް ބަޔާން
މާލެއަތޮޅު ތުލުސްދޫގައި ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އެޅުމާ ގުޅިގެން މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ ޖޫރިމަނާ ކުރުމާގުޅޭ.
މާލެ އަތޮޅު ތުލުސްދޫ ކައުންސިލުން ކާބޯތެކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ ގަވާއިދު ނަންބަރު: 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ކަނޑައެޅިގެން ޚިލާފަށްކަމަށްވާތީ، ކ. ތުލުސްދޫގެ ކުނި އަޅާ ޑަސްބިންގައިވާ ކުނިތައް މޫދަށް އެޅުން ވަގުތުން ހުއްޓާލުމަށާއި، މާލެ އަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާގެ މައްޗަށް އަޅާ އިދާރީ ފިޔަވަޅެއްގެ ގޮތުގައި މިއަދު (10 އޮގަސްޓް 2022) އިން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޕްލޭން ތައްޔާރުކޮށް މި އެޖެންސީއާ ޙިއްސާކުރުމަށާއި، މާލެ އަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ ގަވާއިދު ނަންބަރ: 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑާއި ޚިލާފަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކޮށްފައިވާތީ 45,000/-ރ (ސާޅީސް ފަސްހާސް ރުފިޔާ) ޖޫރިމަނާ ގެ ގޮތުގައި މި އެޖެންސީއިން ކަނޑައަޅައި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށް އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓައި ހެދިފައިވާ އެންމެހާ ޤާނޫނާއި ގަވާއިދުތަކަށް ބޯލަބައި ކިޔަމަންތެރިވެ، އެއާއި ޚިލާފު އެންމެހާ ޢަމަލުތަކަކުން ދުރުވެ ތިބުމަށް މާލެ އަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއަށް ވަނީ އެންގިފައެވެ.
………………………
12 މުޙައްރަމް 1444