ދެންނެވުން
ނަންބަރު: 2022/22
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 16:40
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1 މޭ 2022 ގައި ތަންފީޒުކުރެވުނު އައު ޖޮބް މެޓްރިކްސްތަކުގެ މަގާމުތަކަށް ހިޖުރަކޮށްފައިވާ މުވައްޒަފުންނާ ގުޅޭ
ކޮމިޝަނުގެ ނަންބަރު 188ODRD/CIR/2022/54 (30 ޖޫން 2022) ސަރކިއުލަރ ނޯޓުން އާންމުކޮށްފައިވާ "ދައުލަތުގެ ޕޭ ފްރޭމްވާރކް" ގެ ތެރެއިން 1 މޭ 2022 ގައި ތަންފީޒުކޮށް ޢަމަލުކުރަންފަށާފައިވާ ޖޮބް މެޓްރިކްސްތަކުގެ މަގާމުތަކަށް ހިޖުރަކޮށްފައިވާ މުވައްޒަފުންގެ ވަޒީފާ، މަގާމުތަކަށް މީހުން ހޯދުމަށް ކޮށްފައިވާ އިޢުލާނުތަކުގެ ތެރެއިން ހަމަޖެއްސުމުގައާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ ދަށުން ބަދަލުކުރުމުގައި ޢަމަލުކުރުމަށް ކަނޑައަޅައި އާންމުކޮށްފައިވާ މިންގަނޑުތަކަށް ކޮމިޝަނުން ބަދަލު ގެނެސްފައިވާތީ، އެ ބަދަލުތައް ތިރީގައި ބަޔާންކޮށް އާންމުކުރީމެވެ.
- ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ތެރެއިން މުވައްޒަފުގެ ސްޕެޝަލައިޒޭޝަން ބަދަލަކުރަންވާނީ ޖޮބް މެޓްރިކްސްގައި ބަޔާންކޮށްފައިވާ ޝަރުޠަށް ރިޢާޔަތްކޮށް މުވައްޒަފުގެ ޝަރުޠު ހަމަވާ ނަމަ، ޝަރުޠު ހަމަވާ ރޭންކަށް ކަން
- މުވައްޒަފު ހިޖުރަކޮށްފައިވާ ޖޮބް މެޓްރިކްސްގެ ތެރެއިން (އެ ވަގުތު ހުރި ސްޕެޝަލައިޒޭޝަންއިން) މުވައްޒަފުގެ ވަޒީފާ ބަދަލުކުރާ ނަމަ، ނުވަތަ އިޢުލާނަކަށް ކުރިމަތިލައި ހޮވިއްޖެ ނަމަ، މުވައްޒަފުގެ ވަޒީފާ ހަމަޖައްސާނީ އެ ވަގުތު މުވައްޒަފު ހުރި ރޭންކުން ކަން. އަދި، ކުރިމަތިލާ ފަރާތުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ރިޢާޔަތްކޮށް ޝަރުޠު ހަމަވާ ރޭންކަށް ވަޒީފާ ހަމަޖައްސަމުންދާ ޖޮބް މެޓްރިކްސްގެ ތެރެއިން ވަޒީފާ ހަމަޖެއްސުމުގައި އެ ވަގުތު ހުރި ރޭންކަށް ވުރެ މަތީ ރޭންކަށް މުވައްޒަފުގެ ޝަރުޠު ހަމަވާ ޙާލަތުގައި ވަޒީފާ ހަމަޖައްސާނީ މުވައްޒަފުގެ ޝަރުޠު ހަމަވާ މަތީ ރޭންކަށް ކަން
- މުވައްޒަފު ހިޖުރަކޮށްފައިވާ ޖޮބް މެޓްރިކްސް ނޫން އެހެން ޖޮބް މެޓްރިކްސްގެ މަގާމަކަށް މުވައްޒަފުގެ ވަޒީފާ ބަދަލުކުރާ ނަމަ، ނުވަތަ އިޢުލާނަކަށް ކުރިމަތިލައި ހޮވިއްޖެ ނަމަ، މުވައްޒަފުގެ ވަޒީފާ ބަދަލުކުރަންވާނީ މުވައްޒަފު ބަދަލުކުރާ މަގާމަށް ކަނޑައަޅާފައިވާ ޝަރުޠަށް ރިޢާޔަތްކޮށް މަގާމުގެ ޝަރުޠު ފުރިހަމަވާ ނަމަކަން
10 އޮގަސްޓް 2022