ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-MSWH/1/2022/90
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 16 އޮގަސްޓް 2022 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސައުތު ވެސްޓް ހާބަރ ސަރަހައްދުގައި ހުރި ގޭސް ފުޅި ތައް ނީލަން ކިޔުމާއި ގުޅޭ.

މާލޭ ސައުތު ވެސްޓް ހާބަރ/ ޓީ-ޖެޓީ ސަރަހައްދު ތެރޭގައި ޙަވާލުވާނެ ފަރާތެއް ނޭގި ގިނަ ދުވަސްތަކެއް ވެފައިވާ ގޭސް ފުޅި ތަކެއް ހުރުމާއިއެކު، މި ތަކެތި ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  • ނީލަން ފެށޭ އަގަކީ ގޭސް ފުޅިއަކަށް -/800 (އަށް ސަތޭކަ ރުފިޔާ) އަށެވެ.
  • ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮގަސްޓް 16 ވާ އަންގާރަ ދުވަހުގެ 14:00 އަށް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން) މާލެ ސައުތުވެސްޓް ހާބަރަށް ވަޑައިގެންނެވެން އެދެމެވެ.
  • ނީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން މާލެ ސައުތުވެސްޓް ހާބަރގެ ފައިނެންސް ޑިޕާޓްމަންޓަށް ވަގުތުން ފައިސާ ދައްކަވަންވާނެވެ.
  • ނީލަމާއި ބެހޭގޮތުން އިތުރު މައުލޫމާތް ބޭނުންފުޅުވާނަމަ މާލެ ސައުތުވެސްޓް ހާބަރގެ: 3039644 ، 9798148 މިނަމްބަރތަކަށް ގުޅުއްވުމުން މައުލޫމާތު ލިބޭނެވެ. 
10 އޮގަސްޓް 2022